ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
އެމްޕީ ފާރިސް ގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ. މިމައްސަލައިގެ އަޑުއެހުންތައް މީގެ ކުރިންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލު ކުރެވިފައިވާއިރު، ޝަޚްސު އޮޅުވާލުމުގެ ތުހުމަތުގައި އެމްޕީ ފާރިސްގެ މައްޗަށް އެކޯޓުން ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.