ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ފ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި
ޕޮލިސް އެކަޑަމީން ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމް ފ. އަތޮޅުގައި ފަށައިފިއެވެ.

މި ޖުލައި މަހުގެ 3ން 5ށް ފ. އަތޮޅުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ މިޕްރޮގްރާމުގައި، ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމާއި ބެހޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލީތަލް އަދި ލެސްލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުންކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލުކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން