ސ. ފޭދޫގެ ފެންހިންދާ ނިޒާމު ސެނޮކް ޓްރޭޑް ކޮމްބައިން އާ ޙަވާލުކޮށްފި

ކިޔުމަށް ހޭދަވާނީ 47ސ
ސ. ފޭދޫގެ ފެންހިންދާ ނިޒާމު ސެނޮކް ޓްރޭޑް ކޮމްބައިން އާ ޙަވާލުކޮށްފި
ސ. ފޭދޫގެ ފެންހިންދާ ނިޒާމު ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއިާ ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކާ އެންވަޔަރްމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޠާރިޤް އިބްރާހީމެވެ. ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބާތް ރުވަންޕުރައެވެ.

ސ. ފޭދޫގައި ސަރުކާރުގެ ޚަރަދުގައި މިއަހަރުތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢުގެ އަގަކީ 18,595,276.34 ދިވެހި ރުފިޔާއެވެ.

އެރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއްހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން އެރަށުގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ނެޓްވޯކެއް ޤާއިމުކުރެވިގެންދާނެއެވެ.
މިއަދު އޮންލައިން