އެސްޓީއޯގެ ޤާބިލު ޓީމުން ތައްޔާރުކުރި ވަގުތީ ޝެޑް ހުޅުވައި ޚިދުމަތްދެނީ މާލޭ ސިނާއީ ސަރަހައްދުގައެވެ. މިޝެޑްގެ ޕެޓްރޯލް ޓޭންކަކީ ބައުޒަރެކެވެ. ސްޓޭޝަނުގައި ބަހައްޓާފައިވާ 2 ޕަމްޕް ނުވަތަ ޑިސްޕެންސަރުން ދަނީ ޕެޓްރޯލް އަޅައިދެމުންނެވެ.
ރަމްޒީ އަބޫބަކުރު ވިދާޅުވީ އެހެން ޝެޑްތަކުން ޚިދުމަތްދޭ ގަޑިތަކުގައި ވަގުތީ ޝެޑުންވެސް ޚިދުމަތް ދެމުން ގެންދާނެ ކަމަށެވެ.
މިޝެޑާއިއެކު އެސްޓީއޯ އިން މިހާރު ދަނީ 4 ޝެޑުން ޚިދުމަތް ދެމުންނެވެ. ވަގުތީ ޝެޑްގެ އިތުރުން ސައިކަލަށް ޕެޓްރޯލް އަޅައިދެނީ އައިޖީއެމްއެޗް ކައިރީގައި ހުރި ޝެޑާއި ހެންވޭރު ސޯމިލް ކައިރީގައި ހުރި ޝެޑުންނެވެ. ސްޓެލްކޯ ކައިރީގައި ބޮޑުތަކުރުފާނު މަގުގައި ހުރި ޝެޑުން ޕެޓްރޯލު އަޅައިދެނީ ކާރު ފަދަ 4 ފުރޮޅުލީ ވެހިކަލްތަކަށެވެ.
ޕެޓްރޯލު އަޅައިދިނުމުގެ ޚިދުމަތް ދެމުން އައި އަމިއްލަ 2 ފަރާތެއް ކަމަށްވާ މެރީޑިއަނާއި ހަކަތައިން ޚިދުމަތް ދިނުން ހުއްޓާލިތާ އަހަރުތަކެއް ވެއްޖެއެވެ. ވިލާ ހަކަތައިން ޚިދުމަތް ދިނުން ހުއްޓައިލީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތަށް އެ ބިން ބޭނުންވެ، އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ޖެހުމުން މިދިއަ މަހުގެ ކުރީކޮޅުގައެވެ.
In order to minimise difficulties faced by the public due to road restrictions caused by the ongoing bridge operations, STO has opened a temporary Petrol Shed at Male' Industrial Village area. @Fuel_Maldives #EmmengeSTO pic.twitter.com/H3eJ7NfyB3
— STO Plc (@sto_mkt) July 4, 2018