ރައީސް ޔާމިން އަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 7ސ
ރައީސް ޔާމިން އަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް ބިރު ދައްކާ އިންޒާރުދިން ކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ލ. ގަން ތުނޑި/ހުދުވިލާގެ، މުޙައްމަދު އަދުހަމް އެވެ.

ކެފޭ އެއްގައި އިންދާ އަދުހަމް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެއައުމުރުގައި ބުނެފައިވަނީ އޭނާ ހައްޔަރުކުރީ އޭނާ ބޭނުންކުރާ ޓްވިޓާ އެކައުންޓުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައި ރައީސް ޔާމިނަށް ބިރުދައްކާ އިންޒާރުދީ ޓްވީޓު ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުގައި ކަމަށެވެ.

މީގެއިތުރުން އަދުހަމް ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމާއި ޓެބްލެޓާއި، އައިޕެޑް ގެ އިތުރުން މޮބައިލް ފޯނާއި، އިލެކްޓްރޯނިކް ޑިވައިސްތަކާއި އެތަކެތީގައިވާ ހުރިހާ މައުލޫމާތަކާއި އެނޫންވެސް އިންޓަނެޓުގެ ޒަރިއްޔާއިން ކޮށްފައިވާ ހުރިހާ މުއާމަލާތްތައް ހޯދަން ބޭނުންވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

އަދުހަމް ހައްޔަރު ކުރުމަށް ހެއްކާއި ގަރީނާގެ ގޮތުގައި ލިބިފައިވަނީ އޭނާގެ ޓްވިޓާ އެކައުންޓުގެ ސްނެޕްޝޮޓަކާއި ޕޮލިސް އިންޓެލިޖެންސް ރިޕޯޓު ކަމަށް އަމުރުގައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނަގެ ފޯނު އަތުލުމަށްފަހު ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައެވެ.
މިއަދު އޮންލައިން