އެމީހަކަށް އެއީ ޙަރާމް ކަމެއްކަމަށް ޤަބޫލުކުރެވޭ ކަންކަން ނުކުރުމުގެ ފުރުޞަތުވެސް ސަރުކާރުން ނުދޭތީ ކަންބޮޑުވޭ!
އެންމެ ރައްކާތެރިކަން ބޮޑު ގޮތަކަށް ވާނީ ސިގިރެޓްގެ (ސިގިރެޓް އުފުލަންޖެހޭ) ދަތުރުތައް ނުކުރުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "އަޅުގަނޑަކީ އެމްޕީއެލް ސަރަހައްދުގައި ޕިކަޕް ޑްރައިވަރަކަށް އުޅޭ މީހެކެވެ. ބައެއްފަހަރު ނެރޭ މުދަލުގައި ސިގިރެޓް އުފުލަން ޖެހެއެވެ. ސިގިރެޓް އުފުލާފަ ލިބޭ ލާރި ހަލާލްވާނެތޯ؟ ނޫނީ ނުވާނެތޯ؟
ސިގިރެޓް ދަތުރު ލިބުމުންވެސް ދަތުރު ނުކޮށްފިނަމަ 3 ގަޑިއިރަށް ސަސްޕެންޑްވޭ. 3 ގަޑިއިރު ފަހުން ނޯޓް ކުރެވޭނީ އެންމެ ފުލަށް. ދެން އެދުވަހު ދަތުރެއް ލިބޭނެ ކަމެއް ނުލިބޭނެ ކަމެއް ނޭނގެ." ކަމަށް ބުނެ ޕިކަޕް ޑްރައިވަރަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުމާއި ދުންފަތުގެ ވިޔަފާރިކުރުމާއި އެވިޔަފާރި އާއި ގުޅުންހުރި ގޮތްގޮތުން އާމްދަނީ ހޯދުމަކީ ދީނީ ޢިލްމުވެރިން ކުރައްވަވާ ކަންކަމެއް ނޫނެވެ. ރާއްޖޭގެ އިސްލާމީ މިނިސްޓރުކަމުގައި ހުންނަވައިގެން ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ ދުންފަތަކީ ހަރާމް އެއްޗެއްކަން ބަޔާންކުރައްވައި ކީރިތި ޤްރްއާނުން އެކަމުގެ ހެކި ދައްކަވައި ފޮތެއްވެސް ނެރުއްވައިފައެވެ.
އިސްލާމީ ވަހްދަތު ރައްކައުތެރިކުރުމާއި އިސްލާމް ދީން މަތިވެރިކުރުމުގެ ވާހަކަތައް ދައްކާއިރު އެމީހަކަށް އެއީ ޙަރާމް ކަމެއްކަމަށް ޤަބޫލުކުރެވޭ ކަންކަން ނުކުރުމުގެ ފުރުޞަތުވެސް ސަރުކާރުން ނުދިނުމަކީ އިސްލާމް ދީން މަތިވެރިކުރަން ކުރާ ކަމެއްކަމާއިމެދު ސުވާލު އުފެދެއެވެ.
ޑްރައިވަރު ކޮށްފައިވާ ސުވާލަށް ބަލާއިރު ސިގިރެޓް އުފުލަން ބޭނުން ނުވާ މީހާ، އެދުވަހުގެ އާމްދަނީން މަހްރޫމް ކުރުމުގެ ބަދަލުގައި އެދަތުރު ނުދީ ޖެހިގެން އަންނަ ދަތުރު ދިނުމަކީ ހަމަ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުވާނެބާވައެވެ!