އެސްޓީއޯ އިން ހާބަރުގަ މިނި-މާޓަކާ އިތުރު ހޯލްސޭލް ސެންޓަރެއް ހުޅުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އެސްޓީއޯ އިން ހާބަރުގަ މިނި-މާޓަކާ އިތުރު ހޯލްސޭލް ސެންޓަރެއް ހުޅުވަނީ

އެސްޓީއޯ އިން ހާބަރުގައި ހަދާފައިވާ މިނިކޯޓުތަކުގައި އެސްޓީއޯ ސްޕަމާޓުގެ މިނި-ިމާޓަކާއި އިތުރު ހޯލްސޭލް ސެންޓަރެއް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

މިއީ ޓީޖެޓީ ސަރަހައްދާއި ވަރަށް ކައިރީގައި ހުޅުވާ ތަންތަން ކަމަށްވުމުން މިކަމުގެ ފަސޭހަކަން ވަރަށް ގިނަ ބައަކަަށް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ކުޑަ ވަގުތުކޮޅަކަށް ޓީ ޖެޓީއަށް ކައިރިކުރާ އުޅަނދު ފަހަރުގެ މީހުންނަށް ހޯލްސޭލްކޮށް ތަކެތި ގަންނަން ލިބުމަކީ ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތަކަށް ވެގެންދާނެއެވެ.

އެސްޓީއޯ އިން ހިންގާ އެސްޓީއޯ ސްޕަމާޓުން ގިނަ އަދަދެއްގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނައިރު އިތުރު ސަރަހައްދުތަކުގައި ފިހާރަތައް ހުޅުވާނަމަ އެކަމުން ގިނަ ބައަކަށް ލުއި ފަސޭހަތަކެއް ވެސް ލިބިގެންދާނެއެވެ.


އެސްޓީއޯ އިން ގެންދަނީ ކިރުގެ ތަފާތު ބާވަތްތަކާއި ތެލުގެ ތަފާތު ބާވަތްތަކާއި އެނޫންވެސް އަސާސީ މުހިންމު ބައެއް ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ވިއްކަމުންނެވެ.
މިއަދު އޮންލައިން