މޫނު ބުރުގާ އަޅާ މީހުން ނުހައްޤުން ކަނޑާ ފޮނުވާލި ފޮނުވާލުމަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ދެކެން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މޫނު ބުރުގާ އަޅާ މީހުން ނުހައްޤުން ކަނޑާ ފޮނުވާލި ފޮނުވާލުމަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ދެކެން: ޝައިޚް ޢަލީ ޒައިދު

"މި އިސްލާމީ ޤައުމުގައި އަންޑަރގާމެންޓްސް ފެންނަ ވަރުގެ ތުނި ހެދުން ލާ މީހުންނަށާއި، ބުރުގާ ނާޅާ، ކަރުބޮޑު ހެދުން ލައިގެން ވަޒީފާ އަދާކުރާ މީހުންނަށް ފުރުޞަތު އޮތްއިރު، މޫނު ބުރުގާ އަޅާ މީހުން ނުހައްޤުން ކަނޑާ ފޮނުވާލި ފޮނުވާލުމަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ދެކެން." މިއީ އައްޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

ސަރުކާރުގެ ވަޒީފާތައް އަދާކުރާ އަންހެނުންގެ ހެދުން ހުންނަން ޖެހޭނެ ގޮތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މީގެ އަހަރުތަކެއް ކުރިން ހާމަކުރައްވައިފައެވެ. އެ ސަރކިޔުލާ ބަދަލުކުރިކަން އެނގިފައެއް ނުވެއެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ސަރުކާރުން ބާއްވާ ރަސްމީ ކަންކަމުގެ ތެރެއިން ފެންނަ ބައެއް މުވައްޒިފުން މިނިސްކަރޓް ފަދަ ކަކުލުން މަތީގައި ހުންނަ ފޭރާން ލައިގެން ދަނީ ބައިވެރިވަމުންނެވެ.

ސިވިލް ސަރވިސްސް އިން އަމަލުކުރާ ޤަވާއިދުކުރާ ޤަވާއިދުގައި އޮންނަނީ ނިވާ ނުކުރެވޭނެ މިންވަރެވެ. ނިވާކުރަންޖެހޭނެ މިންވަރެއް ނުއޮވެއެވެ. އެކަމަކުވެސް ސަރުކާރުން ބުނަމުން ގެންދަނީ ރާއްޖޭގައި އިސްލާމް ދީނާއި އިސްލާމީ އުޞޫލުތައް ހިމާޔަތްކުރެވޭނީ މިސަރުކާރަށް ކަމަށެވެ.



މިއަދު އޮންލައިން