ދަފްތަރުގަ ޖެއްސުމަށް ފޯމް ދޫކުރަން ޖުލައި 11 ގަ ފަށަނީ- ވޯޓަރސް ލިސްޓަށް ބަދަލެއް ނާންނާނެ: ޑރ. މުޢިއްޒު
މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ރައްޔިތުންގެ ތެރެއިން މާލޭ ދަފްތަރުގައި ޖައްސަން ބޭނުންވާ މީހުންނަށް މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ފޯމް ދޫކުރަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑެރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ ފޯމު ފުރިހަމަކޮށް ހުށަހެޅުމުން ވަގުތީ ރަޖިސްތްރީއެއް ދެވޭނެ ކަމަށާއި ނަަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާނުކޮށްފައިވާ ވޯޓަރސް ލިސްޓަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމަށެވެ.
"ރަސްމީކޮށް ރަޖިސްޓްރީކުރަން ފާށާނީ އިންތިޚާބަށްފަހު. އެހެންވީމާ ވޯޓުގެ ކުރިން އައިޑީ ކާޑު ބަދަލުކުރާކަށް ނުޖެހޭނެ. ވީމާ މިހާރުގެ ވޯޓަރސް ލިސްޓާ އެއްގޮތަށް ވޯޓުލެވޭނެ."
ޑރ. މުއިއްޒު ވިދާޅުވީ މި ފުރުޞަތު ސަރުކާރުން ހުޅުވާލަނީ ދަފްތަރުގައި މީހުން ނުޖައްސާތާ ނުވަތަ ދަފްތަރު "އަޕްޑޭޓް" ނުކުރާތާ 8 އަހަރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފްލެޓަށް އެދެން ދަތިތަކެއް ގިނަ ބައަކަށް އެބަހުރި ކަމަށާއި މި ފުރުޞަތު ހުލުވާލަނީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ފްލެޓަށް އެދުމުގައި ޕޮއިންޓް ދޭނީ ދަފްތަރުގައި ޖެއްސި ތާރީޚަށް ބަލައިގެން ނޫން ކަމަށާއި އެމީހަކު މާލޭގައި ދިރިއުޅުނު މުއްދަތަށް ބަލައިގެން ކަމަށެވެ. އަދި އެކަން ބަޔާންކުރާ ލިޔުން ނުވަތަ އިޤްރާރު ހުށަހަޅަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.
ދަފްތަރުގައި ޖެއްސުމަށް ފޯޯމު ދޫކުރާނީވެސް އަދި ބަަލއިގަންނާނީވެސް ހައުސިންގ މިނިސްޓްރީންނެވެ.