ފްލެޓަށް އެދޭ ފޯމް ދޫކުރުމާ ބަލައިގަތުން އާދިއްތަ ދުވަހުން ފެށިގެން ހައުސިންގ މިނިސްޓްރީގަ ކުރިއަށް ގެންދާނެ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ފްލެޓަށް އެދޭ ފޯމް ދޫކުރުމާ ބަލައިގަތުން އާދިއްތަ ދުވަހުން ފެށިގެން ހައުސިންގ މިނިސްޓްރީގަ ކުރިއަށް ގެންދާނެ-

ހިޔާ މަޝްރޫއުގެދަށުން ފްލެޓަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ހައުސިންގ މިނިސްޓްރީގައި ކުރިއަށް ގެންދަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސައްކަތް ހައުސިންގ މިނިސްޓްރީއަށް ބަދަލުކުރުމަށްޓަކައި ކުރިން ދަރުބާރުގޭގައި ކުރިއަށް ގެންދިއަ މަސައްކަތްތައް ރެއިން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ ފޯމް ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށްޓަކައި ފޯމް ބަލައިގަތުމުގެ މުއްދަތުވެސް މިހާރު 31 އޮގަސްޓާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އާދިއްތަ ދުވަހުން ފެށިގެން ފޯމު ދޫކުރުމާއި ބަަލައިގަތުމުގެ ހުރިހާ މަސައްކަތެއް ހައުސިން މިނިސްޓްރީގައި ފަށާއިރު ބުދަ ދުވަހުން ފެށިގެން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ ކަންކަން ވެސް ހައުސިންގ މިނިސްޓްރީގައި ކުރިއަށް ގެންދާނެއެވެ.
މިއަދު އޮންލައިން