މާލެ ސިޓީގައި ވިހާ މަރުވާ ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެދަށަށް ބަދަލުކުރުމުން ސިޓީ ކައުންސިލް ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
ސިޓީ ކައުންސިލުގެ ޑިޕޔުޓީ މޭޔަރު ޝިމާއު ޝަރީފް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު މިހާ ކައިރިވެފައިވަނިކޮށް މިފަދަ ބަދަލެއް ސަރުކާރުން ގެނައީ ކަންތައްތަކެއް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. ޝިމާއު މިމޭރުމުން ވިދާޅުވެފައިވާއިރު ވޯޓަރސް ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.
ވޯޓަރސް ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އިދިކޮޅު ފަރާތްތަކުން ވަނީ އެމައްސަލަތައް އިލެކްޝަންސް ކޮމިޝނަށްވެސް ހުށަހަޅައިފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ޝާއިއުކޮށްފައިވާ ލިސްޓުގައިވެސް މައްސަލަތައް އެބަހުރިކަންވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ފާހަގަކުރަމުންނެވެ.