މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ވައިތް އެލާރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވައިޓް އެލާރޓް ނެރެފައިވަނީ ހއ. އަތޮޅާއި ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މިސަރަޙައްދު ތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެތް އޮފީހުން ބުނެފައިވެއެވެ.
ވައިޓް އެލާރޓް ނެރެފައިވާ ސަރަޙައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން ލަފާ ކޮށްފައިވެއެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން މިރޭ 21:30 އާއި ހަމައަށެވެ.