މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އެބަދޭ

ކިޔުމަށް ހޭދަވާނީ 31ސ
މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އެބަދޭ
މިއަދު މެންދުރު 11:00 ހާއިރުން ފެށިގެން ރާއްޖެއަށް ކުރަމުން ދިޔަ ވިއްސާރައިގައި، މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރި މަގުމަތިންނެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޑީއެފް އިން ވަނީ ގދ. ތިނަދޫގައި ވެސް ފެންބޮޑުވި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ.
މިއަދު އޮންލައިން