ބަންޑާރަ ކޮށީގައި ހެދި އާ އިމާރާތް ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 47ސ
ބަންޑާރަ ކޮށީގައި ހެދި އާ އިމާރާތް ހުޅުވައިފި
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައި އަލަށް އިމާރާތްކުރި ނުވަ ބުރީގެ އައު އިމާރާތް މިނިސްޓަރ އޮފް ޑިފެންޑް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު މިއަދު ހުޅުވައި ދެއްވައިފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ ބައެއް އޮފިސަރުންގެ އިތުރުން އެކި ރޭންކްތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

މި ޢިމާރާތުގެ މަސައްކަތް ފެށިފައިވަނީ 2016 ފެބްރުއަރީ 19 ވަނަ ދުވަހު އެވެ.
މިއަދު އޮންލައިން