މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

ކިޔުމަށް ހޭދަވާނީ 51ސ
މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި
ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯރޓަށް ދަތުރުގޮސް މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ފަށައިފިއެވެ.

އެހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާރޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:49 ހާއިރުއެވެ. އެހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމެއް ވަނީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށިމޭނާ" ގައި އެސަރަހައްދަށްގޮސް މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާއާއި ގުޅިގެން އެރިސޯރޓްގެ ޑައިވިންގ ޓީމުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ޚަބަރެއް ނުވެގެން ގެއްލިފައިވާ ފިރިހެން ފަތުރުވެރިޔާ އެންމެފަހުން ލައިގެން ހުރީ ކަޅުކުލައިގެ ސޫޓެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެމީހާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދިފައިވެއެވެ.
މިއަދު އޮންލައިން