ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ

ކިޔުމަށް ހޭދަވާނީ 34ސ
ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެ
މޫދަށް އެރި އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މޫދު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެންމަތި ކުރުމުގައި އެމްއެންޑީއެފް ސީޖީ ޑައިވަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފަތުރުވެރިޔާގެ ހަށިގަނޑު އެމްއެންޑީއެފް ޑައިވަރުންނަށް ފެނިފައިވަނީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެމީހާގެ ހަށިގަނޑު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މާލެ ގެންނަނީ ސީޖީ ބިލްޑިން އާއި ދިމާލަށް، 9:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ގެއްލިގެން ހޯދަނިކޮށް މޫދު އަޑިން ފެނިފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ޗުއްޓީ ހޭދަ ކުރަމުން ދިޔައީ މާފުށީގައެވެ.
މިއަދު އޮންލައިން