ދެން ބާއްވާ މަޖިލިސް އިންތިޚާބުގައި މަޖިލީހަށް ކުރިމަތިލައްވާނެ ކަމުގެ އިތުރު އިޝާރާތެއް ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.
ރައީސް ނަޝީދު ޓްވީޓް ކުރައްވައި މިއަދު ވިދާޅުވީ، "އިޞްލާޙީ މަސައްކަތްތަކުގައި އޮނަރަބްލް ޤާސިމް އިބްރާހީމް ފެށުނީންސުރެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އަގުނުކުރެވޭނެ ޚިދުމަތެއް. ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ނުހަނު ބޮޑު. އިރާދަކުރެއްވިއްޔާ މަޖިލީހުގެ ރައީސް އާއިއެކު މިސައްކަތުގައި އަޅުގަނޑު ދެމިހުންނާނަން." ކަމަށެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އުނިމާ ގްރޭންޑްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވި ރޭ ވެސް ވަނީ ހަމަ މިފަދަ މޭރުމަކުން ވިދާޅުވެފައެވެ. އެރޭ ވިދާޅުވީ މަޖިލީސް އިޞްލާޙް ކުރުމަކީ ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެއް ކަމަށާއި މަޖިލީހަށް ކުރިމަތިލެއްވުމާއިމެދު އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.
Islaahee masakkathugai Hon. Qasim Ibrahim feshuneesure kuravamun gendhavaa masakaithakakee agu nukurevyene khidhumatheh. Rayyithunge hagguthah kashavaru kurumah Rayyithunge Majlis dhauru nuhanu bodu. Iraadhakurehviyaa Majlis Raees aeku mi maskathugai alhugandu dhemi hunnaanan. pic.twitter.com/LnEbzxKyCg
— Mohamed Nasheed (@MohamedNasheed) November 5, 2018