ރައީސް ނަޝީދު މާދަމާ ދިއްދޫއަށް ވަޑައިގަންނަވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ރައީސް ނަޝީދު މާދަމާ ދިއްދޫއަށް ވަޑައިގަންނަވަނީ!

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލުމަށް ފަހު މަދަމާ ދިއްދޫއަށް ވަޑައި ގަތުމަށް ހަމަޖެހިއްޖެއެވެ.

 

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަންނަވާނެއެވެ. އެއަށްފަހު މާދަމާ ދިއްދޫއަށް އެމަނިކުފާނު ފުރާވަޑައިގަންވާނެއެވެ.

 

މައުލޫމާތު ލިބޭގޮތުން ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަންނަވާތީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ވަރުގަދަޔަށް އެރަށުން ވަނީ ތައްޔާރުވެފައެވެ. 

އެރަށު އެމްޑީޕި ގޮފީގައި އިސްކޮށް އުޅެ ފަރާތަކުން ބުނީ، ރައީސް ނަޝީދު ދިއްދޫއަށް ވަޑައިގަންނަވާތީ ރަށުތެރެ ޒީނަތްތެރިކޮށް، ތައްޔާރީތަށް ވަމުން އަންނަ ކަމަށެވެ. އަދި މާދަމާ މައިގަނޑު އިވެންޓަކަށް އޮންނާނީ އެރަށު ރައްޔިތުންގެ ފަރާތުން އަރުވާ ޖާފަތެއް ކަމަށް އޭނަ މައުލޫމާތުދެއެވެ.

ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުމުން އެރަށުންވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔަފައި ވެއެވެ.

 

މިއަދު އޮންލައިން