ރެޑްވޭވް ފިހާރަތަކުން ފިޔާ، އަލުވި ކިލޯއެއް އެންމެ ދިހަ ރުފިޔާއަށް ވިއްކަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރެޑްވޭވް ފިހާރަތަކުން ފިޔާ، އަލުވި ކިލޯއެއް އެންމެ ދިހަ ރުފިޔާއަށް ވިއްކަން ފަށައިފި!

ރަމަޟާން މަހު ވީހައި ހެޔޮ އަގުތަކުގައި ކާބޯތަކެތި ވިއްކަން ރެޑް ވޭވް ފިހާރަތަކުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އަލުވި އަދި ފިޔާ ކިލޯއެއް 10 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ.  އަދި ބިހެއް 1.5ރުފިޔާއަށް މހާރުވެސް ދަނީ ރެޑްވޭވް ފިހާރަތަކުން ވިއްކަމުންނެވެ.

ރެޑްވޭވުން ބުނީ ކޮންމެ އަހަރަކުވެސް ރޯދަ މަސް ވެގެންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ އާންމުގިނަ ކަންބޮޑުވުންތަކެއް އުފެދިގެންދާ މަހަކަށް ކަމަށްވެފައި ހާއްސަކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު އަބަދުވެސް ބާޒާރުގައި ބޮޑުވެގެންދާކަން ފާހަގަކުރެވޭކަމަށެވެ.

"އަހަރެމެންގެ އަމާޒަކީ އާންމުންނަށް މިތަކެތި ހެޔޮއަގެއްގައި ރެޑްވޭވްގެ ފިހާރަތަކަން ފޯރުކޮށްދީ ކަސްޓަމަރުންޖީބުތަކަށް ވީހައި ލުއިކޮށްދިނުން. ރެޑްވޭވްގެ އަމާޒަކީ ކޮންޓްރޯލްކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލްކޮށްގެން ނަމަވެސް ކަސްޓަމަރުންނަށް ރޯދަމަސް ނިމެންދެން ފިޔާބިސް އަލުވި ހެޔޮ އަގުގައި ފޯރުކޮށްދިނުން" ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

މިއަދު އޮންލައިން