ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ފަންސަވީސް ޓަނުގެ ކަދުރު ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 27ސ
ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ފަންސަވީސް ޓަނުގެ ކަދުރު ހަދިޔާކޮށްފި

އެހެން އަހަރުތަކެކޭ އެއްގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާންމަހަށް، ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފިއެވެ.

މިއަހަރު ބެހުމަށް ހަވާލުކުރެވުނު 25 ޓަނުގެ ކަދުރާ މިނިސްޓްރީގެ ފަރާތުން ހަވާލުވެފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 28 މާރިޗު 2021 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީގައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ރާއްޖެއަށް ސަޢުދީގެ ފަރާތުން 50 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވެއެވެ.

މިއަދު އޮންލައިން