ގެއްލިގެން ހޯދަމުންދިޔަ ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 38ސ
ގެއްލިގެން ހޯދަމުންދިޔަ ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ!

ޑިއުޓީ އޮފް ގަޑީގައި މަސް ހިފަން މޫދަށް ފޭބި ފަހުން ގެއްލުނު ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ލ. މާބައިދޫއަށް ނިސްބަތްވާ ލާސްކޯޕްރަލް ހުސައިން ފާރިޝް (ސާވިސް ނަންބަރު 7613) ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ މީހުންނާއެކު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ފާރިޝް ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިރޭ 8:50 ހާއިރު މޫދު އަޑީގައި މަރުވެފައި އަޮައްވައެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ފާރިޝްގެ ހަށިގަނޑު އެމްއެންޑީއެފްގެ ލޯންޗަށް ނަގައިގެން ކައްދު އަށް މިހާރު ގެންދަމުންދާކަމަށެވެ.

 

މިއަދު އޮންލައިން