މެންބަރު ވަޙީދު ދައްކާފައިވަނީ ފާޅުގަ ތައުބާ އިޢުލާނުކުރަންޖެހޭ ވާހަކަތަކެއް!: ޝައިޚް އިލްޔާސް ޖަމާލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މެންބަރު ވަޙީދު ދައްކާފައިވަނީ ފާޅުގަ ތައުބާ އިޢުލާނުކުރަންޖެހޭ ވާހަކަތަކެއް!: ޝައިޚް އިލްޔާސް ޖަމާލް

"الله المستعان! ހުރި ހިތާމައެއްގެ ބޮޑުކަމާ! މީ އާދައިގެ ކަމެއް ނޫން. އޮޅިގެން ބުނެވުނު ނަމަވެސް، ޙަޤީޤަތް ބަޔާންކޮށް، ﷲގެ ޙުކުމްފުޅު މަތިވެރިކުރުމުގެ ގޮތުން، ފާޅުގައި ތައުބާ އިޢުލާންކޮށް ޤިޞާޞްގެ ޙުކުމަށް އިންކާރުނުކުރާކަން ހާމަކުރާނެކަމަށް އުއްމީދުކުރަން. ދީނަށް ނަޞްރުދެއްވާ!"

މިބަސްފުޅާއިއެކު ޝައިޚް އިލްޔާސް ޖަމާލް ޓްވީޓްކުރައްވާފައިވަނީ މެންބަރު ވަހީދު ފައުޅުގައި ކީރިތި ޤުރްއާނަށް ފުރައްސާރަކޮށް ހަޖޫޖަހާ ވީޑިއޯއެވެ.

ރާއްޖޭގެ މިހާރުގެ ރައްޔިތުންގެ މަޖިލީހުގައިވެސް ބައެއް މެންބަރުން ގެންދަނީ މިފަދަ ބަސްތައް ބުނެ ޙަޖޫޖަހަމުންނެވެ. މަޖިލީހުން އަމިއްލައަށް ހަދައިގެން އުޅޭ އިސްލާމް ދީނާއި ޚިލާފް ޤަވާއިދެއްގެ ސަބަބުން މަޖިލީހުގައި ﷲ ތަޢާލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރިނަމަވެސް އެލޭނެ ފިޔަވަޅެއް ނެތުމުން އެކަމުގެ ނާޖާއިޒު ފައިދާ ބައެއް މެންބަރުން ނަގަމުން ގެންދާއިރު މިހާރު މިފެންނަނީ މަޖިލީހުން ބޭރުގައިވެސް މެންބަރުން ކީރިތި ޤުރްއާނަށް ފުރައްސާރަކުރާތަނެވެ. 

އެންމެ ބޮޑު ހިތާމައަކީ މިފަދަ ކަންކަން ހިމާޔަތްކޮށް ފިޔަވަޅުއަޅަން ފާސްކޮށްފައިވާ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކުރަން ނުކުޅެދިފައިވާކަމެވެ. ރައްޔިތުންގެ ގިނަބައަކު ބުނަމުންދަނީ ﷲ ތަޢާލާ އަށާއި ކީރިތި ޤުރްއާނަށް ފުރައްސާރަކުރުން ގިނަވަނީ ހުއްޓުވަން ހަދާފަ އޮތް ޤާނޫނަށް ޢަމަލުކުރާނެ ފަރާތެއް ނެތުމުން ކަމަށެވެ. 

މިއަދު އޮންލައިން