ކޮރަޕްޝަނުގެ ވާހަކަ އެންމެން ނުކުމެ އެނގޭ މިންވަރަކަށް ދައްކަން އެބަޖެއެވެ. އަހަރެންނަކީ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒިފަކީމެވެ. މިތަނުގެ ބޯޑު މެންބަރެއްގެ މައްޗަށް ކުރެވުނު އެތައް މިލިއަން ރުފިޔާއެއްގެ ތުހުމަތުގެ މައްސަލަ ބަލައި ނިމެންދެން އެ މެންބަރު ބޯޑާއި ދުރުގައި ބަހައްޓަން ކުންފުނިހިންގާ ކޮރަޕްޝަން ބޯޑުން ވަނީ ފާސްކޮށް ނުދީފައެވެ.
ދެން އަޑުއިވުނީ ބޯޑުގެ ޗެއާ އިސްތިއުފާދިން ވާހަކައެވެ. ސަބަބެއް ނުއެނގުނެވެ. ބައެއް މީހުން ބުނާތީ އަޑުއިވެނީ ބޯޑު މެންބަރުގެ ކޮރޕަޝަނުގެ މައްސަލަ ބެލިއަނުދިނީތީ އެކަމާ "ނައްޓައިގެން" ގެއަށް ދިއައީ ކަމަށެވެ.
އަހަރެންގެ ސުވާލަކީ މިހާރު ވެރިކަން މިކުރާ ސަރުކާރަކީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކޮށް ކޮރަޕްޝަން ހުއްޓުވާނެ ސަރުކާރެއް ނަމަ މިހައި ކޮރަޕްޓް މީހުން ބޯޑުތަކަށް ލައިގެން އަދި މައްސަލަ ބެލިއަވެސް ނުދީ ތިބޭނެ ހެއްޔެވެ؟ ތަސްވީރު ބަލަންވާނީ ތަސްވީރު ބުނާހެން ނޫންތޯއެވެ؟ ކަންކަން ޤަބޫލުކުރަންވާނީ ކަންހިނގަމުންދާ ގޮތަށް ނޫންތޯއެވެ؟
- މިއަދުނޫޙުގެ ކިޔުންތެރިއެއް