ހީނާމާގޭ މިސްކިތުގެ ތާލަފިލި ކަނޑާލުމުން ތަރާވީޙަށްދާ މީހުންގެ އަދަދު މަދުވާން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ހީނާމާގޭ މިސްކިތުގެ ތާލަފިލި ކަނޑާލުމުން ތަރާވީޙަށްދާ މީހުންގެ އަދަދު މަދުވާން ފަށައިފި!

ކުރިން ކަޅުވަކަރު މިސްކިތް ހުރިތަނުގައި ހީނާމާގޭ ކައިރީގައި ހުންނަ މިސްކިތުގެ ތާލަފިލި ތަރާވީޙް ނަމާދަށް ކަނޑައިލުމުން ތަރާވީޙް ނަމާދަށް އެމިސްކިތަށްދާ މީހުންގެ އަދަދު މަދުވާން ފަށައިފިއެވެ. 

އެމިސްކިތަށް ނަމާދަށްދާ ބައަކު ބުނީ ތަރާވީޙް ނަމާދަށް މިސްކިތުގެ ތާލަފިލީގެ އަޑުކަނޑައިލިތާ މިހާރު، 3، 4 ރޭ ވެއްޖެ ކަމަށެވެ. "މިއީ ވަރަށް ގިނަ ބައަކު ނަމާދަށް އަންނަ މިސްކިތެއް. މިސްކިތް ފުރިގެން މަޖީދީމަގުގައި ސަފުހަދަމުން ޅޮހީގެއާ ހަމައަށްވެސް ސަފުތައް ދޭ، އެކަމަކު މިހާރު ދަނީ ނަމާދަށް އަންނަ މީޙުންގެ ޢަދަދު މަދުވަމުން." 

"މިކަމާއި ގުޅިގެން ސުވާލުކުރީމާ ބުނަނީ އަޑު ކޮންޓްރޯލްކުރަނީ ސިޓީ ކައުންސިލުން ކަމަށް. ހިތާމައަކީ މިފަދަ ރަމަޟާން މަހެއްގައި މިފަދަ ކަންކަން ކުރާކަން. އިޒްރޭލުގައި ކުރާ ޒާތުގެ ކަންކަން ނޫންތޯ މިކުރަނީ؟" އެމީހުން ބުނެފައިވެއެވެ.

މިއަދު އޮންލައިން