ކުޑަކުއްޖަކަށްހުއްޓާ އިމާމްވެ ތަރާވީޙް ނަމާދުކޮށްލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް!- އަބަދުވެސް ކުރާނަން! އިން ޝާ ﷲ : މޫސާ މާއިޝް މާޖިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކުޑަކުއްޖަކަށްހުއްޓާ އިމާމްވެ ތަރާވީޙް ނަމާދުކޮށްލަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް!- އަބަދުވެސް ކުރާނަން! އިން ޝާ ﷲ : މޫސާ މާއިޝް މާޖިދު

އިސްކަންދަރު މިސްކިތުގައި މިއަހަރު އިމާމްވެ ތަރާވީޙް ނަމާދުކުރާ އެއް އިމާމަކީ ޢުމުރުން 14 އަހަރުގެ މޫސާ މާއިޝް މާޖިދު އެވެ. 

މާއިޝް އާއި މިއަދުނޫޙުން ބައްދަލުކޮށްލުމުން ބުނީ އިމާމްގެ މުޞައްލައަށްދާނބްޖެހޭ ވަގުތު އެއްވެސް ވަރަކަށް ބިރު ނުގަންނަ ކަމަށާއި ވަނީ އުފާ ކަމަށެވެ. "އަޅުގަނޑު ކޮންމެ ދުވަހަކުވެސް އެރެއަކު ކިޔަވަން އޮންނަ ތަން މުރާޖަޢާކޮށްލަން. އަދި ބެލެނިވެރިއަކަށް ނަމަވެސް ކިޔައިދެން."

މާއިޝް ބުނީ އުންމީދަކީ ބޮޑުވެގެން ކޮންމެ މަޤާމެއްގައި މަސައްކަތްކުރިނަމަވެސް އިމާމްވެ ނަމާދުކުރުނަ ފަދަ ކަންކަން ކުރަމުން ގެންދިއުންކަމަށެވެ. 

އިސްކަންދަރު މިސްކިތުގައި އިމާމްވެ ތަރާވީހު ނަމާދު ކުރަމުންދާ ޢުމުރުން 14 އަހަރުގެ މޫސާ މާއިޝް މާޖިދު އަކީ އުމުރުން 12 އަހަރުގައި (ދޮޅު އަހަރު ތެރޭގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށް މުރާޖާކުރުމަށްފަހު) ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ކިޔައިދީ އެއްނަވަ ދަރަޖާގައި ފާސްވެ 10 ނޮވެމްބަރ 2019 ގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހާސިލްކޮށްފައިވާ ދަރިވަރެކެވެ. 

           

މާއިޝް ޤުރުއާން ހިތުދަސްކުރީ ގުރުއާނާބެހޭ މަރުކަޒުންނާއި އިންޑިއާގެ ދާރުއްސަލާމް ހިފްޒުލް ގުރުއާން ކޮލެޖުންނެވެ. 

އިސްކަންދަރު މިސްކިތުގެ އިތުރުން މާލޭގެ ގިނަ މިސްކިތް ތަކެއްގައި ކުޑަކުދިން ތަރާވީސް ނަމާދު ކުރަމުންދާކަން ފާހަގަ ކުރެވެއެވެ! އެގޮތުން ވިޔަފާރިވެރިންގެ މިސްކިތާއި، ޝަހީދުއަލީ މިސްކިތާއި ފަންޑިޔާރު މިސްކިތުގެ ތަރާވީސް ކުރަނީ ކުޑަކުދިންނެވެ.

މާއިޝް އަށް މިއަހަރު ތަރާވީހު ނަމާދުކުރަން އިސްކަންދަރު މިސްކިތުން ފުރުސަތު ފަހިކޮށްދެއްވާފައިވާތީ މާއިޝްގެ ޢާއިލާއިން އިސްކަންދަރު މިސްކިތުގެ ވެރިންނަށާއި އިމްނާ ޓްރޭޑުގެ އިސް ބޭފުޅުންނަށް ޙާއްސަ ޝުކުރެއް އަދާކުރެއެވެ.

މިއަދު އޮންލައިން