މިފްކޯގެ ފަސްމީރު ފިހާރައިގެ ދޮރުހުޅުވައިދޭން ދޮން، ދިވެހިންނަށްވުރެ ލޯކުޑަ އަންހެން ކުދިން ބައިތިއްބަނީ ވެސް ދިވެހި ކުދިން ނުލިބިގެންތޯ؟

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 29ސ
މިފްކޯގެ ފަސްމީރު ފިހާރައިގެ ދޮރުހުޅުވައިދޭން ދޮން، ދިވެހިންނަށްވުރެ ލޯކުޑަ އަންހެން ކުދިން ބައިތިއްބަނީ ވެސް ދިވެހި ކުދިން ނުލިބިގެންތޯ؟

ވީހައި ގިނަ ދިވެހި ޒުވާނުންނަށް ވަޒީފާ ދިނުމުގެ ވާހަކަތަކަކީ ކޮންމެ ސަރުކާރަކުންވެސް ދައްކަމުން ގެންދާ ވާހަކަތަކެވެ. އެވާހަކަ އެންމެ ބާރަށް ދެއްކީވެސް މިހާރުގެ ސަރުކާރުންނެވެ. ދައްކަނީވެސް މިހާރުގެ ސަރުކާރުންނެވެ. އަދި މިކަމުގައި ދައްކާ ވާހަކަތަކާ ފެންނަ މަންޒަރުތަކާ ދިމާނުވާ ގޮތަށް އެންމެ ގިނައިން ކަންތައް ކުރަނީވެސް މިސަރުކާރުންނެވެ. 

މިރަމަޟާން މަހު މިފްކޯގެ ފަސްމީރު ފިހާރައިން ދަޅުމަސްކުޑަކޭހެއް ގަތުމުން ކޮތަޅަށްލައިދިނީވެސް ނުކުންނަން ދޮރުހުޅުވައިދިނީވެސް ދިވެހިކުދިންނަށްވުރެ ދޮން ލޯވެސްކުޑަ އަދި "ތޭންކް ޔޫ" ދިވެހިންނާ ތަފާތު ގޮތަކަށް ޕްރޮނައުންސްކުރި ދެއަންހެންކުދިންނެވެ. ކޮންމެއަކަސް މިއީ ފަސްމީރު ފިހާރައިން މިޒާތުގެ ކުދިން އަޅުގަނޑަށް ފެނުނު ފުރަތަމަފަހަރެވެ. 

އެއީ ވެސް ހަމަ ދިވެހި އަންހެންކުދިންތޯ ކައުންޓަރުގައި ތިބި ދިވެހި ކުދިންނާ ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. ޔަޤީންކުރެވޭ ކަމަކީ މިފްކޯގެ ފަސްމީރު ފިހާރައިގައި މަސައްކަތްކުރާނެ ދިވެހި އަންހެންކުދިން ނުލިބިނުދާނެކަމެވެ. ފަހަރެއްގައި ދިވެހި ހުރިހާ ކުދިންނަކީ ވެރިމީހާ ކުރަން ޖައްސާ ވަޒީފާ ބަޔާނުގައި ނުހިމެނޭ އޭނާގެ އަމިއްލަ މަސައްކަތް ނުކުރާނެ ކުދިން ކަމުގައިވެދާނެއެވެ. 

ޢިއްޒަތްތެރި ރައީސް އެވެ! ޤައުމުގެ ޙާލަތު ކުޑަކޮށް ބައްލަވައިލެއްވުން ރަނގަޅުވާނެއެވެ! މިޒާތުގެ އެއްވެސް ކަމެއް މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންވެ ވީވަރަކުން މިފަދަ ކަންކަން މަނިކުފާނުގެ ސަމާލުކަމަށް ގެނެސްދޭން މަސައްކަތްކުރާނަމެވެ! 

ދިވެހިންނަށް ވަޒީފާ ދޭން ބޭނުންވާ ސަރުކާރުގެ ކުންފުނިތަކަށް ދިވެހިން ލިބެއެވެ. މާލޭގެ މަގުތައް ކުނިކަހާނެ މުވައްޒިފުން ވެމްކޯއަށް ލިބެއެވެ. ވީމާ މިސަރުކާރުގައި ދިވެހިންނަށް ޙައްޤު މިންވަރަކީ މަގުކުނިކެހުން ކަމަށް މިވަނީ ޔަޤީންކުރަން ޖެހިފައެވެ. 

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން