"ފަހު ޒަމާން" ނަމުގަ މަދަޙަ އަލްބަމެއް ނެރެފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 29ސ
"ފަހު ޒަމާން" ނަމުގަ މަދަޙަ އަލްބަމެއް ނެރެފި

"ފަހު ޒަމާން" ނަމުގައި 5 މަދަހަ ހިމެނޭ މަދަޙަ އަލްބަމެއް ނެރެފިއެވެ. 

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ދަރިކަލުން ޢަބްދުﷲ ނެރުއްވި މި އަލްބަމްގައި އޭނާގެ އަމިއްލަ ރާގާއި ހަމަތަކާއި ކޮމްޕޯސިންގވެސް ހިމެނެއެވެ. 

ޢަބްދުﷲ ގެ އަމާޒަކީ "އަޑުއިވޭ ކޮންމެމީހަކަށް ކޮންމެވެސް ޢިބްރަތެއް ލިބުން، އަޅުގަނޑު ބޭނުންވީ ޅެމެއްގެ ޒަރީއާއިން ފަހުޒަމާނުގެ އަލާމާތްތައްކިޔާލަދޭން، އަދި މިއީ ވަގުތީ ދުނިޔެއެއްކަން ހަނދާން ކޮށްލަދޭން." ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ. 

މިއަލްބަމަށް ޅެން ހައްދަވައި ދެއްވީ އުސްތާޛު އާދަމަމް ނަޞީރު އިބްރާހީމް (3 ޅެން)

އަދި އާމިނަތު އަގުލީމާ (2 ޅެން) އެވެ. 

ޢަބްދުﷲ ވިދާޅުވީ؛ "މިއަލްބަމްގައި ހިމަނާލައިފައިވާނެ ވަރަށް މާނަފުން ޅެންތަކެއް. ކޮންމެ ޅެމަކުންވެސް ވަރަށް ޢިބްރަތްތެރި މެސެޖުތަކެއް ލިބިގެންދާނެ. މެއިން ސްޕޮންސަރ: އަލްކައުނު، ޓީވީ ޗެނަލް، "އަލްކައުންގެ ހެޔޮއެދުންތަކާއިއެކު" ހުރިހާ ޓްރެކްއެއް ސައުންޑް ކްލައުޑްއިން އަޑުއަހާލެވޭނެ، އަދި ކުރިއަށް އޮތްތާ އަލްކައުން އިން ވެސް ވީޑިއޯ އާއި އެކު ފެނިގެން ދާނެ." ކަމަށެވެ. އަދި މިއީ މިރޯދަމަހު އަލްބަމެއްގައި މަސައްކަތް ކުރެވުނު ދެވަނަ ފަހަރު ކަމަށާއި އަލްބަމް ތައްޔާރުކުރަން 10 ވަރަކަށް ދުވަސް ހޭދަވި ކަމަށެވެ. 

މިމަސައްކަތްތަކާއި ގުޅުގެން ޝަލަބީ އިބްރާހީމް، ޝަފީޤް (ސައްޕެ)، ޝައިޚް އިބްރާހީމް ފަރީދު، އުސްތާޛް އާދަމް ނަޞީރު އިބްރާހީމް، އާމިނަތު އަގުލީމާއަށް ވަރަށް ޚާއްޞަ ޝުކުރެއް އަރިސްކުރައްވާ ކަމަށްވެސް ޢަބްދުﷲ ވިދާޅުވިއެވެ. 

މަދަޙަ އަމަބަމް އަޑުއައްސަވައިލައްވަން: 

މިއަދު އޮންލައިން