މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުންނަށް: ހުވާ ނުކުރެވިއޮތަސް މިސްކިތްތަކަށް ފާޚާނާ ކުރުމުން ސަލާމަތްކޮށްދޭތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މާލެ ސިޓީގެ އިންތިޚާބީ ކައުންސިލަރުންނަށް: ހުވާ ނުކުރެވިއޮތަސް މިސްކިތްތަކަށް ފާޚާނާ ކުރުމުން ސަލާމަތްކޮށްދޭތި!

މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމިކް މިނިސްޓްރީން ވަކިގޮތަކަށް އަންގަންދެންކަމަށްބުނެ ޖަމާޢަތުގައިގައި ނަމާދުކުރުން ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް ކާފިޔު ނޫން ވަގުތުތަކުގައި މިސްކިތަށް ގޮސް އެކަނިހުރެ ނަމާދުކުރެވޭނެއެވެ.  

މިދިއަ އަހަރުވެސް މިސްކިތްތައް ބަންދުކުރުމުންނާއި މިސްކިތްތައް ފަޅުކުރުމުން ގިނަ މިސްކިތްތަކެއްގައި މީހުން ނިދުމާއި ކައިބޮއިހެދުމާއި މިސްކިތަށް ފާޚާނާކުރިކަމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. އެކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ވެސް ލިބެންފެށީ ރައްޔިތުން ނުކުމެ އެމަންޒަރުތައް ފޮޓޯގައި ހާމަކުރަންފެށުމުންނެވެ. ތަކުރާރުކޮށް މިއަދުނޫހުގައި އެވާހަކަތައް ލިޔަން ފެށުމުންނެވެ. 

"މިހާރު އޮތް މާލޭ ސިޓީ ކައުންސިލުން މިސްކިތްތައް ދެކެ އެވަރަށް އެއިރު ލޯބިވިއިރު ދައުރު ނިމެން ދެތިން ދުވަހަށްވެފައި އޮތްއިރު ލޯބިވާނެ މިންވަރު އިޙްޞާޞް ކުރަން އެހައި އުނދަގޫކަމަކަށް ނުވާނެ! މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އާއި އިންތިޚާބީ އެހެން މެންބަރުންނަށްވެސް ދަންނަވާލަން އޮތީ މިބިންމަތީގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކަށް ޙާޖަތަށް ގޮސް ނަޖިސްކުރިއަ ނުދެއްވާށޭ! ޖަމާޢަތުގަ ނަމާދުކުރުން ހުއްޓާލީމަ މިސްކިތްތައް  ވަރަށް ބޮޑުތަނުން ފަޅުވެގެންދާނެއޭ! މިކަމަށް އެހީތެރިވެދެއްވާށޭ!" ރައްޔިތުންގެ އިޙްޞާޞްތައް ހުރީ މިފަދަ ގޮތަކަށެވެ.

މިއަދު އޮންލައިން