ރާއްޖޭގެ ސަރުކާރު އިންޑިއާ އާއެކު އޮވެގެން ފަލަސްޠީނަށް ތާއީދުކުރާނީ ކިހިނެއް؟ މިދެއްކޭ ވާހަކަ ދިމާވަނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖޭގެ ސަރުކާރު އިންޑިއާ އާއެކު އޮވެގެން ފަލަސްޠީނަށް ތާއީދުކުރާނީ ކިހިނެއް؟ މިދެއްކޭ ވާހަކަ ދިމާވަނީ ކިހިނެއް؟

ރާއްޖޭގެ ސަރުކަރު މިއޮތީ އިންޑިއާ އާއިއެކުގައެވެ. ރާއްޖޭގައި މިހާރުތިބީ އިންޑިއާ ސިފައިންގެ ކިތައްސަތޭކަ؟ ކިތައް ހާސް ކަމާއިމެދު މިވަނީ ސުވާލުއުފެދިފެއެވެ. އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާކަން ރާއްޖޭގެ ޑިފެންސް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ. 

ގިނަބައަކު ދަނީ މީގެ 3 އަހަރުކުރިން 2 ހެލިކޮޕްޓަރު ދުއްވުމުގެ ކަންކަމުގަ އިންޑިއާގެ 50 ވަރަކަށް ސިފައިން އުޅުމުން ކަންބޮޑުވެގެން އެމްޑީޕީން އުޅުނު މިރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަދަދަކީ 500 ކަން ނުވަތަ 5000 ކަންވެސް އެނގޭނީ ބެލޭނެ ގޮތެއް އޮތްނަމަ ކަމަށް ބުނެ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.  

އިންޑިއާގެ ސަރުކަރާއި ބީޖޭޕީ އޮތީ ހިފެހެއްޓުމެއް ނެތި އިޒްރޭލަށް ތާއިދުކުރުމުގައެވެ. ސޯޝަލްމީޑިއާގައި އެގެންދަނީ އެކަން ހާމަކުރަމުންނެވެ! މުސްލިމުންނަށް އޮތް ނަފުރަތުން އުޑިއަނބުރަމުންނެވެ. އެކަމުގެ ޚަބަރުތައް އަލްޖަޒީރާފަދަ ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަސުރުޚީއަށް ވަޏީ އަރައިފައެވެ. 

ފަލަސްޠީނަށް ހުރިހާ ހާލެއް ޖެއްސުވުމުގެ ބާރުވެރިޔާ، އެމެރިކާއަށް ފުރިހައަށް ތާއީދުކުރެވެއެވެ. އިޒްރޭލަށް ހިތްވަރުދޭ އިންޑިއާ އަކީ އެންމެ ގާތް މިތުރެވެ. އެކަމަކު ދިވެހި ސަރުކާރު އޮތީ ފަލަސްޠީނާއިއެކުގަ ޔޯލައެވެ. 

ސަރުކާރު ކޮންމެ ބައަކަށް ތާއީދުކުރިނަމަވެސް ދިވަހިރައްޔިތުން އަބަދުވެސް ތާއީދުކުރާނީ ފަލަސްޠީނަށެވެ! އިން ޝާ ﷲ

ގުޅުންހުރި އަލްޖްޒީރާގެ ލިޔުން:

https://www.aljazeera.com/news/2021/5/18/bjp-expresses-solidarity-with-israel-as-gaza-bombing-continues

 

މިއަދު އޮންލައިން