އަހަރެމެންގެ ތެރޭގައި ކަރާ މަޝްހޫރުވެފައިވަނީ ރޯދަމަހަށް ޚާއްޞަ އެއްޗެއްގެ ގޮތުގައެވެ. ނަމަވެސް ކަރާއިން ލިބޭފައިދާގެ ތެރޭގައި ހަށިގަނޑުގައި ހުންނަ ބޭކާރު ސަރުބީތައް ވިރުވައިލުން ހިމެނެއެވެ.
ނަތީހޖާއެއްގެ ގޮތުން ބަނޑުގައި ޖަހާފައި ހުންނަ އިތުރު ސަރުބީތައް ވިރި ބަނޑު ހިނދިގެންދެއެވެ. އަދި މީހާވެސް ހިކިގެންދެއެވެ.
ކަރާއިން ލިބޭ ވިޓަމިންގެ ތެރޭގައި: ބީ1، ބީ6، ވިޓަމިން ސީ، އަދި ޕޮޓޭސިއަމް އާއި މެގްނީސިއަމްވެސް ހިމެނެއެވެ.
ޔުނިވަރސިޓީ އޮފް ކެންޓަކީން ކުރި ދިރާސާތަކަށްފަހު ބުނެފައިވަނީ 8 ހަފްތާވަންދެން ދުވާލަކު 2 ތަށި ކަރާފަނި ބޮއެފިނަމަ ބަނޑުގައިވާ އިތުރު ސަރުބީތައް ވިރިގެނެދެއެވެ. މަސަލްސްތަކަށް އަސަރެއް ނުކޮށް ހަށިގަނޑުގެ ބަރުދަން ލުއިވެއެވެ.
މީގެ އިތުރުން ލޭހޮޅިތައް ސާފުވެ ހިތުގެ ބަލިޖެހުމުން ސަލާމަތްކޮށްދެއެވެ. އަދި ކީއްހެއްޔެވެ؟ ކަރައަކީ ހަށިގަނޑަށް ބޭނުންވާ ފެން ލިބިދޭ އަދި ކެއުމަކަށްވެސް ފުދޭއެއްޗެކެވެ.
(ކަރާފަނި ވެސް ގިރާއިރު ހަކުރުއެޅުމަކީ ކުރިން ބަޔާންކުރި ފައިދާތައް ލިބުން ކުޑަވާނެ ސަބަބެކެވެ. ހަކުރުން ސަރުބީ އިތުރުކޮށްދޭނެތީއެވެ!)