ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭން މުސްލިމުންގެ ޢަދުއްވުން ޓީޗަރުންގެ ގޮތުގައި ގެނައުމަކީ ީ ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަން މިހާރު އެޑިޔުކޭޝަނަށް އެނގެންވާނެ ކަމަށް ގިނަބައަކު ބުނެއެވެ.
ރައްޔިތުންގެ ތެރެއިން ގިނަ ބައަކު މިފަދަ މޭރުމުން ބަސްބުނަން ފެށީ އިންޑިއާއިން ގެނެސްފައިވާ ދެ ޓީޗަރަކު ފައުޅުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ތާއީދުކުރިކަމުގެ މައްސަލައެއް 2 ރަށަކުން ފެންމަތިވުމުންނެވެ.
ހދ. ހަނިމާދޫ އާއި ށ. ޅައިމަގު ސްކޫލުގައި މަސައްކަތްކުރާ 2 ޓީޗަރުން ފައުޅުގައި މީސްމީޑިއާގައި އެމީހުން ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ތާއީދުކުރާކަންވަނީ ހާމަކޮށްފައެވެ. ހަނިމާދޫ ސްކޫލް ޓީޗަރު އަނބުރާ ފޮނުވާލިކަމުގެ ޚަބަރަކާ ޅައިމަގު ސްކޫލްގެ ޓީޗަރު މިހާރު އެ އަތޮޅު ފުނަދުއަށް ގެންގޮސް ފުލުހުންގެ ބެލުމުގެދަށުގައި ހިމާޔަތްދީފައިވާ ކަމުގެ ޚަބަރުތައްވަނީ ފެތުރިފައެވެ.
ގިނަބައަކު ބުނަނީ މި 2 ޓީޗަރުންގެ މުސްލިމުންނާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ފިކުރު ޢާންމުކުރުމުން އެނގުނު ނަމަވެސް ފިލައިތިބެ އެފިކުރު ދަރިވަރުންނަށް ފޯރުކުރާ ޓީޗަރުންގެ ސަބަބުން ދަރިވަރުންނަށް ލިބޭނެ ގެއްލުން މާބޮޑުވާނެކަމަށެވެ. އެހެންކަމުން ސަރުކާރުންވެސް އަދި ބެލެނިވެރިންވެސް މިކަމަށް ސަމާލުކަންދޭންޖެހޭނެކަމަށެވެ.
މުސްލިމުންނާއި ޢަދާވާތްތެރި ޓީޗަރުންގެ ސަބަބުން ކުދިންގެ ޢަޤީދާއަށް އުނިކަން އަންނާނެކަން ޤަބޫލުކޮށް އެކަމަސް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ އެކަމުގެ ގެއްލުން ވަރަށް ހިތިވާނެކަންވެސް ގިނަބައަކު ފާހަގަކުރެއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި އޯލެވެލް އިމްތިޙާން މިއަހަރު ހަދާ ދަރިވަރުންނަށް ކިޔަވައިދޭން އެއްވެސް ތަޖުރިބާއެއް ނެތް އުމުރުން ، 20 23 އަހަރުގެ އިންޑިއާ ޓީޗަރުން ގެނެސްފައިވާ މައްސަލައިގައިވެސް ގިނަބައަކު ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.