ހައްދުންމަތި މާމެންދޫއަކީ މަސްވެރިރަށެކެވެ. ރަށުގެ ގިނަ މީހުންނަކީ މަސްވެރިންނެވެ. ދިރިއުޅެނީ މަސްވެރިކަމުން ލިބޭ އާމްދަނީއަކުންނެވެ. މަސްވެރިކަން ނެތި ދަތިޙާލުގައިވަނިކޮށް ކޮވިޑާއި ގުޅިގެން މޮނިޓަރިންގ ޙާލަތުގައި ރަށް އޮތުމުން ނިކަމެތިކަން މިހާރުވަނީ އިންތިހާއަށް ބޮޑުވެފައިކަމަށް ރައްޔިތުންގެ ގިނަބައަކު ބުނެއެވެ.
އެރަށުން މިއަދުނޫހަށް މައުލޫމާތުދިން ފަރާތްތަކުން ބުނެފައިވެއެވެ!:
ލ.މާމެންދޫ މިވަގުތު ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިން ޙާލަތުގައެވެ. މިޙާލަތު އޮންނަތާ 5 ދުވަސްވީފަހުން މިއަދު މަހަށް ފުރުމުގެ ހުއްދަދިން ނަމަވެސް ގިނަ ބައަކު ކަރްންޓީނުގައި ތިބުމުން މަހަށް ފުރުމުގައި ވަނީ ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ.
މިހާތަނަށް 63 ގެ ކަރަންޓީނުކުރެވިފައިވެއެވެ. 55 މީހުންގެ ސާމްޕަލް ނެގިފަވާއިރު 10 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ސާމްޕަލްތައް ޓެސްޓްކުރެވެނީ މާލެފޮނުވައިގެންކަމަށްވާތީ ނަތީޖާ ލިބުމުގައި ލަސްތަކެއް ކުރިމަތިވެއެވެ.
ކައިބޮއި އުޅެވޭނެ ތަނަވަސްކަން ނެތް ރައްޔިތުންވެސް އެބަތިއްބެވެ. މިޙާލަތު، ޢާމްދަނީ ހޯދުމަށް މަސައްކަތެއްކުރެވޭނެ ގޮތެއްވެސް ގިނަ ރައްޔިތުންނަކަށް ނެތެވެ. ރަށުގެ 1 މިސްކިތުގެ އިމާމް ކަރަންޓީނުވެގެން ބަންގި ގޮވާނެ މީހަކުނެތުމުން އެމިސްކިތުން ބަންގިނުގަވައެވެ! އެއީ އެ މިސްކިތުގެ އިމާމް ޕޮޒިޓިވްވުމުން ބަންގިގޮވައިދިން މީހާ ވެސް ކަރަންޓީނުވުމުންނެވެ.