ދިވެހިންގެ އެންމެ މަޤްބޫލް ކޮފީ. "ނެސްކެފޭ"ގެ އާ ވީޑިއޯ އިސްތިހާރު ލަވަ ލޯންޗްކުރުމުން ބޮޑު ތަރުޙީބެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދިވެހިންގެ އެންމެ މަޤްބޫލް ކޮފީ. "ނެސްކެފޭ"ގެ އާ ވީޑިއޯ އިސްތިހާރު ލަވަ ލޯންޗްކުރުމުން ބޮޑު ތަރުޙީބެއް!

ދިވެހިންގެ އެންމެ މަޤްބޫލް ކޮފީ. "ނެސްކެފޭ"ގެ އާ ވީޑިއޯ އިސްތިހާރު ލަވަ ލޯންޗްކުރުމުން ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ. މިގޮތުން ނެސްކެފޭ މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ނެސްކެފޭ އިސްތިހާރުގެ އާ ލަވަ ލޯންޗުކުރުމާއިއެކު މިހާރުވެސް އެ ލަވައަށް ތިން ލައްކައާ ގާތަށް ވިއުސް ލިބިފައިވެއެވެ.

ނެސްކެފޭއަކީ ދިވެހިންގެ އެންމެ މަޤްބޫލް ކޮފީއެވެ. ނެސްކެފޭވަނީ ދިވެހިންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ދިވެހިންގެ ގިނަ ބައަކު މިހާރުވެސް ދުވަސް ފަށަނީ ނެސްކެފޭއިންކަމަށްވެފައިވުމަކީ ނެސްކެފޭއަށް ދިވެހިން ލޯބިކުރާވަރު އަންގައިދޭ ކަމެކެވެ. 

މިފަހަރުގެ އިސްތިހާރުގައި ހިމެނޭ ލަވައަކީ ދިވެހިންގެ ކަންފަތުގައި އެތައް އަހަރެއް ކުރީއްސުރެ ހަރުލާފައިވާ މަޝްހޫރު ލަވައެކެވެ. ކޮންމެ ދުވަހެއް ކޮންމެ ވަގުތެއް އެންމެނަށް ގުޅުވާލަދޭ މީ ނެސްކެފޭ" މި ލަވަ އެންމެ ފުރަތަމަ ދިވެހިންގެ ތެރެއަށް ތައާރަފް ވެގެން އައީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ.

އޭގެ އެތައް އަހަރެއް ފަހުން މި އިޝްތިހާރުގެ ލަވަ އާ މިއުޒިކާއި މެލޮޑީއާއެކު ދިވެހިންނާ ހަމައަށް ގެނެސްދީފައި ވަނީ ހިސްޓޯރިއާ މިޔުޒިކް ސުޓޫޑިއޯއިންނެވެ. ނެސްކެފޭ އިސްތިހާރުގެ ލަވަ ކިޔާފައިވަނީ އިތުރު ތައާރަފަކަށް ބޭނުން ނުވާނެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ އަދި ފުއްފުއެވެ.

ޒަމާނާ އެއްގޮތަށް ބަދަލުކޮށްފައިވާ ނެސްކެފޭ އިސްތިހާރުގެ އާ ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ، ސްކައިރޮކް ބްރޭންޑްގެ މޮޅު މިޔުޒިކުންނެވެ. އެ އިސްތިހާރު ޕްރޮޑިއުސްކޮށްފައި ވަނީ ބްލިންކް މީޑިއާއިންނެވެ.

ނެސްކެފޭއަކީ ދުނިޔޭގައިވެސް އެންމެ މަޤްބޫލް، އެންމެ މަޝްހޫރު ކޮފީކަމަށްވާއިރު ނެސްލޭ ފަދަ ބައިނަލްއަޤްވާމީ މަރުކާއަކުން ދިވެހި ފަންނާނުންނާއި ގުޅިގެން މިފަދަ ޙަރަކާތެއް ހިންގާކަން އެއީ ދިވެހި ފަންނާނުންނަށް ނެސްކެފޭ ދޭ ސަމާލުކަން އަންގައިދޭ ކަމެކެވެ. 

ކޮފީއަކަށް އޯޑަރުދޭން ބޭނުންވުމުން ގިނަ ފަންނާނުން މިހާރުވެސް ބުނާނީ "ނެސްކެފޭ މިލްކެއް" ނުވަތަ ނެސްކެފޭ ބްލެކެއް" ކަން ފާހަގަކޮށްލަންވެސް ޖެހެއެވެ. 

ނެސްކެފޭ ރާއްޖެ އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަނީ ލިލީ އެންޓަޕްރައިޒުންނެވެ.

މިއަދު އޮންލައިން