ހަރުވާޅު ހަރުނުލައިގެން އުޅެންޖެހޭވަރަށް ކުރުމުއްދަތެއްގައި ހިކެން ބޭނުންކުރެވިދާނެ ލުނބޯ ޖޫހެއް!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 53ސ
ހަރުވާޅު ހަރުނުލައިގެން އުޅެންޖެހޭވަރަށް ކުރުމުއްދަތެއްގައި ހިކެން ބޭނުންކުރެވިދާނެ ލުނބޯ ޖޫހެއް!

އަހަރެމެންގެ ތެރެއިން ގިނަ ބައަކު ހިކެން ބޭނުންވެގެން ބުރަ މަސައްކަތްތަކެއް ކުރެއެވެ. ބުރަމަސައްކަތްކުރަން ހިތްވަރުދެމެވެ. ނަމަވެސް މި ޚާއްޞަ ލުނބޯ ޖޫސް ތަޖުރިބާ ކޮށްލަބަލާށެވެ! 

ލުނބޮއެއް ފަޅާލައި އޮއްނަގާށެވެ. އަދި އެތެރޭގައި ހުންނަ ހުދުބައިވެސް ނަގާށެވެ. ތޮށިމަށައި ހަމައެކަނި ހުތްތައް ވަކިކޮށްލާށެވެ. 

މިކްސަރަށް ހުތްތައް އަޅައިލާށެވެ! 3 ބްލެކް ޕްރޫންސް ލާށެވެ. ޕްރޫންސް ނުލިބޭނަމަ އެހައި މިންވަރަށް ރޭޒިންސް (ހިކިމޭބިސްކަދުރު) ކޮޅެއް އަޅާށެވެ. އަދި ރަނގަޅު 3 ކަރަންފޫވެސް ލާށެވެ.

ދެން 250 އެމްއެލް ފެންއަޅައި މިކްސަރުން ގިރައިލާށެވެ. ގިރައިލުމަށްފަހު ބޭނުންނަމަ ފުރާނައިލާށެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. 

ޖޫސްތައްޔާރުވުމުން ރޭގަނޑު ކެއުމުގެ 40 މިނިޓްކުރިން ޖޫސްތަށި ބޮއެލާށެވެ! ފުރަތަމަކޮޅު ކާހިތްކުޑަވެދާނެއެވެ. ނަމަވެސް ދެތިން ދުވަސްތެރޭގައި އެކަން ހަމަޖެހޭނެއެވެ. 

ތަޖުރިބާކުރި ގިނަ ބައަކު ބުނެފައިވަނީ ވަރަށް އަވަހަށް ހިކެންފަށާކަމަށެވެ. މިއީ ފައިދާހުރި ޖޫހެކެވެ. ކޮލޮސްޓްރޯލްވެސް މަދުކޮށްދެއެވެ. އަޅެ ނިކަން ތަޖުރިބާކޮށްލަބަލާށެވެ.

މިއަދު އޮންލައިން