ގިނަ ބައަކަށް ވިސްނިފައި އޮންނަނީ ހަށިގަނޑަށް ފައިދާކުރާނީ އަގުބޮޑު ބޭހުން ނުވަތަ ގިނަ ބާވަތްތައް އެއްކޮށްގެން ބުރަމަސައްކަތުން ތައްޔާރުކުރެވޭ އެއްޗެތިން ކަމަށެވެ. ނަމަވެސް އެއީއަކީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.
ބުނަން ހެއްޔެވެ؟ 2 ސަމުސާ މުގުރި ރީނދުލުގެތެރެއަށް ޒައިތޫނިތެޔޮފޮދެއްއަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ގިނަ ތަންތަނުގައި އުނގުޅަން ބޭނުންވާނަމަ ގިނަކުރާށެވެ.
ތަދުވާ ހުޅުތަކުގައާއި ހަންގަނޑުގައި އުނގުޅާށެވެ. އެތެރެއަށް އަސަރުކުރާވަރުކުރެވޭތޯ ބަލާށެވެ! މިއީ ހުޅުތަކުގެ ރިހުން ކުޑަކޮށްދީ އަދި ސަލާމަތްވެސްކޮށްދޭ ފަރުވާއެކެވެ. ހަމައެއާއިއެކު ހަންގަނޑަށް ތާޒާކަން ގެނެސްދޭ ފަރުވާއެއްވެސްމެއެވެ.
މާބޮޑުޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ތައްޔާރުކޮށް ލިބިގަންނަން މާބޮޑު ަމސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. ވީމާ ދުވަސްކޮޅަކު ކުރިއަށް ގެންދަން އުނދަގުލެއްވެސް ނުވާނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު