ގޭބިސީތަކުގެ މިހިނގާ މޭމަހުގެ ކަރަންޓް ބިލަށް 40 އިންސައްތަ ޑިސްކައުންޓެއް ދޭނެކަން އިއުލާނުކޮށްފައިވާއިރު މަހުގެ 14 ވަނަ ދުވަހު ބިލް ލިބިފައިވާ ގޭބިސީތައްވެސް އެބަހުއްޓެވެ. އެފަދަ ގެތަކުން ގެންދަނީ ދެން އެމީހުން ޢަމަލުކުރަންޖެހޭނެ ގޮތަކާއިމެދު ސުވާލުކުރަމުންނެވެ.
މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯދަން ގުޅުމުން ގުޅަން ލިބުނު ނަމްބަރަކީ 7788438 އެވެ. އެނަމްބަރަށް ގުޅުމުން އިވުނީ ރެކޯޑިންގއެކެވެ. ރެކޯޑިންގގައި ބުނި ގޮތްގޮތަށް ކަންތައް ކުރުމުންވެސް މުވައްޒިފަކާއި ގުޅޭނެ ގޮތެއް ނުވިއެވެ.