ޖޫސް ހަދަން ބޭނުންވާނެ ތަކެތި:
5 ކެރެޓް، ހެޔޮވަރު ސައިޒުގެ ލުނބޮއެއް، 4 ސަމުސާ ގަޑުބަޑުނުކުރާ މާމުއި، 4 އިނޗި ހުންނަވަރުގެ އިނގުރުކޮޅެއް،
ހަދާނެ ގޮތް:
ފުރަތަމަ ކެރެޓުން ދިޔަފެލާށެވެ. ދިޔައިގެ ތެރެއަށް ލނުބޯފެލައި އަދި އިނގުރުކޮޅުގެ ދިޔައާއި މާމުއި އަޅައި އެއްކޮށްލާށެވެ.
ފްރިޖްގައި ބަހައްޓައިގެން ބޭނުންކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބޭނުންކުރަންވާނީ ރަނގަޅަށް ފިނިކަނޑުވައިގެންނެވެ. ނޫންނަމަ މިކިޔައިދިން ނިޞްބަތުން ތަކެތި ބޭނުންކޮށްގެން އެފަހަރަކު ބޭނުންވާ ވަރަށް ތައްޔާރުކޮށްގެން ބޯށެވެ!
ޢަލާމާތްތައް އެކުގައި ފިލަންދެން ކޮންމެ ދުވަހަކުވެސް މަދުވެގެން 5 ސައިސަމުސާ ބޮމުން ގެންދާށެވެ!