މިފަހަރު މިއޮތީ އެންމެ 2 ހަފްތާއިން ހެދުމާ ހަރުވާޅު ސޮއްސުވައިލާނެ - އެންމެ ބާރަށް ސަރުބީ ވިރުވާ ޖޫސް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިފަހަރު މިއޮތީ އެންމެ 2 ހަފްތާއިން ހެދުމާ ހަރުވާޅު ސޮއްސުވައިލާނެ - އެންމެ ބާރަށް ސަރުބީ ވިރުވާ ޖޫސް-!

އަހަރެމެންގެ ތެރޭގައި ގިނައީ ސަރުބީގެ މައްސަލަ ހުރި މީހުން ކަމުގައި ބުނެވިދާނެއެވެ. ހިނގައި ކަސްރަތުކުރަނިކޮށް މިފެންނަނީ އެކަމަށް ސަމާލުކަންދޭ މީހުންނެވެ. ދެން ތިބި މީހުންވެސް ސަމާލުކަން ދޭން ބޭނުންވެއެވެ. ނަމަވެސް މަސައްކަތް ބުރަކަމުން، ނުވަތަ ކަންނެތް ކަމުން ސަމާލުކަން ނުދީ ތިބެނީއެވެ. އެގޮތަށް މަޑުކޮށްލައިގެން ތިބޭ މީހުންނަށް ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެނީ އޭނާއަށް ކޮންމެވެސް ކަމެއްވެގެން ބަލައި އަންނަ އެމްބިޔުލާންސްގެ ސައިރަންގެ އަޑުއިވުމުންނެވެ.

ކަންކަން މިފަދައިން ހުރުމުން މިފަހަރު މިގެނެސްދެނީ އެންމެ އަވަހަށް، ހަށިގަނޑުގައި ހުންނަ އެންމެ ގިނަ ސަރުބީ ވިރުވައިދޭނެކަމަށް މަޝްހޫރުވެފައިވާ، އަޅުގަނޑުމެންނަށްވެސް ފަސޭހައިން ހަދައިލެވޭވަރުގެ ޖޫހެކެވެ! 

ފުރަތަމަ ކަމަކަށް ހެޔޮވަރު ސައިޒުގެ ކިޔުކަންބާއެއް ކޮށައިލައްވާށެވެ. 

އަދި 2،3 އިންޗި ހުންނަވަރުގެ އިނގުރުކޮޅެއްވެސް ކޮށައިލައްވާށެވެ. 

ދެން ތަށްޓަކަށް 2 ލުނޯގެ ހުތް ފެލައިލައްވާށެވެ. 

ދެން ހެޔޮވަރުި އަލަނާސިއެއްގެ ދެކޮޅު ބުރިކޮށްލައި ބުރިކޮށްލި ބައި އެއލައިލުމަށްފަހު ބޭރު ތޮށި މަށާށެވެ. އަލަނާސި ކޮށައި ވަކިން ބަހައްޓާށެވެ. ތޮށިތައް އުކައި ނުލާ ކުދިކޮށް ކޮށައިލުމަށްފަހު މަތިޖަހައި އާވިބަންދުކޮށްގެން ފެނުގައި ކައްކައިލާށެވެ. ކެކި ނިމުމުނެ ތަށްޓަކަށް ފުރާނައިލާށެވެ! 

ދެން މިކްސަރަކަށް ކުރިން ކޮށާފައިވާ ކިޔުކަންބާ އާއި އިނގުރާއި އަލަނާސި އަޅައި އެއިގެތެރެއިން ކުރިން ކައްކާފައިހުރި އަލަނާސި ތޮށީގެ ފެންފޮދު އަޅައި ގިރައިލާށެވެ. ގިރާލުމަށްފަހު ޖަގަކަށް ޖޫސް އަޅާށެވެ. 

ޖޫސް ޖަގަށް އެޅުމަށްފަހު ޖޫހުގެ ތެރެއަށް ކުރިން ފެލާފައި ހުރި ދެލުނބޯގެ ހުތް އަޅައި ހޮޅިއަކުން ނުވަތަ ސަމުސަލަކުން ނަމަވެސް ރަނގަޅަށް އެއްކޮށްލާށެވެ. 

ފްރިޖްގައި ބަހައްޓައިގެން 2 އިރު އިރަކު ތަށްޓެއްގެ ޖޫސްބޯށެވެ. ހެނދުނު ބޯނީ ހުސްބަނޑާހުރެއެވެ. 2 ހަފްތާ ތެރޭގައި ރަނގަޅު ނަތީޖާއެއް ފެންނަކަމަށް ބޭނުންކުރި މީހުން ބުނެފައިވެއެވެ. 

 

މިއަދު އޮންލައިން