އެހެނިހެން މާއްދާތައް ފަދައިން ހަށިގަނޑަށް ހަކުރުވެސް ބޭނުންވެއެވެ. ކޮންމެ އެއްޗެއް ނަމަވެސް ހަށިގަނޑަށް ބޭނުންވާ މިނަށްވުރެ އިތުރަށް ހުރެއްޖެނަމަ މައްސަލަތައް ކުރިމަތިވާނެއެވެ. އެގޮތުން ހަކުރުވެސް ހަށިގަނޑުގައި ހުންނަން ޖެހޭ ވަރަށްވުރެ ގިނަވެއްޖެނަމަ 1 ބޭސްފަރުވާ ކުރަންޖެހެއެވެ. 2 ކަސްރަތުކޮށް ހަކުރުގެ ލެވެލް ތިރިކުރަން މަސައްކަތްކުރަންޖެހެއެވެ.
ބައެއް މީހުން ހަކުރުގެ ލެވެލް ދަށްކުރަން ނުވަތަ ހަށިގަނޑު ހިއްކަން ކަސްރަތު ކުރަމުންގޮސް މާބޮޑަށް ވަރުބަލިވާވަރަށް ކަސްރަތުކުރެއެވެ. އެއީ އަދި މާނުރައްކާ ބޮޑުކަމެކެވެ. ސަބަބަކީ އެހައިބޮޑަށް ވަރުބަލިވުމުން ސްޓރެސް ލެވެލް މަތިވެގެންދެއެވެ. އެއީ ހަކުރުގެ ލެވެލް މަތިވާ ސަބަބެކެވެ.
ހަކުރު މަތިނަމަ ފެންބުއިން ގިނަކުރާށެވެ! ބޯފެން ހަށިގަނޑުން ނުކުމެގެންދަނީ އިތުރަށް ހުންނަ ހަކުރުތަކުން ބައެއް ހިފައިގެންނެވެ. އެކަމުގެ ސަބަބުން ހަށިގަނޑުގައި ހަކުރުގެ ލެވެލް ދަށްކޮށްދެއެވެ.
ހަމައެއާއިއެކު ހަކުދަށްވުމުގެ މައްސަލަ ހުންނަ އެއްވެސް މީހަކު ހަކުރު ހުރިވަރު ޗެކް ނުކޮށް ކަސްރަތުކުރަން ނުފަށާށެވެ! ހުންނަންވާވަރަށްވުރެ ދަށުގައި ހުރިނަމަ ފޮނިއެއްޗެއް ކައި ހަކުރުގެ ލެވެލް މަތިކޮށްފައި ނޫނީ ކަސްރަތުކުރަން ނުފަށާށެވެ. އެއީ ފުރާނައަށްވެސް ނުރައްކާވެދާނެ ކަމެކެވެ.
ހަށިގަނޑުގައި ހަކުރުބަލި ކުޑަކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް ކާމިންވަރު މަދުކުރާށެވެ. ހަކުރުބަލި ކުޑަވުމާއި ނުވުމުގެ އެންމެ ބޮޑު ބައެއް ވަނީ ކާމިންވަރު "ބޮޑުކުރުމާއި ކުޑަކުރުމުގަ"އެވެ.