ފުވައްމުލަކު ހޮސްޕިޓަލުގެ އިދާރީ މުވައްޒިފުން އަމިއްލައަށް މަސައްކަތްކުރާތަން ސާފުކުރަނީ!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފުވައްމުލަކު ހޮސްޕިޓަލުގެ އިދާރީ މުވައްޒިފުން އަމިއްލައަށް މަސައްކަތްކުރާތަން ސާފުކުރަނީ!

ކޮވިޑް19އިގެ ބަލިމަޑުކަމުގެ ކުރީސަފުގައި އެންމެ ނުރައްކާތެރި ހާލަތާއި ކުރިމަތިލަނީ އަޅުގަނޑުމެންގެ މުވައްޒަފުންނެވެ. މުވައްޒަފުން މަސައްކަތްކުރަނީ ގޮންޖެހުންތައް ގިނަ މާހައުލެއްގައެވެ. އެއްގޮތަކުން ދެގޮތަކުންނެއްނޫނެވެ. މަދު ވަޞީލަތްތަކާއެކު މަސައްކަތް ކުރަމުންދާއިރު ބައެއް މުވައްޒަފުން ކޮވިޑަށް ފައްސިވެ ނުވަތަ ޑިރެކްޓް ކޮންޓެކްޓުންނަށް ވެގެންދެއެވެ.

ދާދިފަހުން ހޮސްޕިޓަލުގެ ހައުސްކީޕިންގ ޑިޕާޓްމެންޓްގައި ފޮޅާސާފުކުރުމުގެ މަސައްކަތްކުރަމުންދާ އެންމެން އެކީގައި އައިސޮލޭޝަނަށް ފޮނުވާލަންޖެހުނެވެ. އަދި ބަދަލުގައި ގެނެވޭ މީހުންގެ ތެރެއިންވެސް ޑިރެކްޓް ކޮންޓެކްޓުންފެނި، ސާފުކުރުމުގެ މަސައްކަތަށް ލޮޅުންއެރިއެވެ. 

މިހިސާބުން ހޮސްޕިޓަލުގެ އިދާރީ މުވައްޒަފުންގެ ޓީމުތަކުން ނިންމީ އެ ޓީމެއް މަސައްކަތްކުރާ އޮފީސް އޭރިއާ އަމިއްލައަށް ސާފުކުރުމަށެވެ. އަދި އެޓެންޑެންޓުންނާއި ސެކިއުރިޓީންނަށްވެސް އެތައްގުނައެއް މަސައްކަތުގެ ލޯޑް ބޮޑުވެގެން ދިއައެވެ.

އަޅުގަނޑުމެންގެ މުވައްޒަފުން 24 ގަޑިއިރު ހުއްޓުމެއްނެތި ކުރަމުންދާ މަސައްކަތާއި ފޫހިކަމެއްނެތި ދައްކަވާ ހިތްވަރަށް ސާބަސް ދެމެވެ.

- ފުވައްމުލައް ހޮސްޕިޓަލް

ގުޅުންހުރި ވީޑިއޯ:

https://fb.watch/5XeEhv4cMG/

މިއަދު އޮންލައިން