މުންކަރާތް މަނާ ނުކުރެވޭނެހެން ހީލަތްތެރި ރޭވުންތައް ރޭވުމަކީ އިސްލާމީ އަސާސަކާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން!: ޝައިޚް ރިމާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މުންކަރާތް މަނާ ނުކުރެވޭނެހެން ހީލަތްތެރި ރޭވުންތައް ރޭވުމަކީ އިސްލާމީ އަސާސަކާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން!: ޝައިޚް ރިމާޒް

މުންކަރާތް މަނާ ނުކުރެވޭނެހެން ހީލަތްތެރި ރޭވުންތައް ރޭވުމަކީ އިސްލާމީ އަސާސަކާއި ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުންކަމުގައި ނޫނީ ނުވާނެ ކަމަށް ޝައިޚް އަޙްމަދު ރިމާޒް ވިދާޅުވެއްޖެއެވެ. 

ޝައިޚް އަޙްމަދު ރިމާޒް ވިދާޅުވީ ނުޙައްޤުން "ލާދީނީ/ކާފިރު" މިފަދަ ޓެޤްތައް މީހުންގެ ބޮލުގައި އެޅުވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށާއި އެއީ ދީނުގައި ނަމުގައި ހިންގޭ ޖަރީމާއެއްކަމަށެވެ. ހަމައެއާއިއެކު ހެޔޮކަންކަންކަމަށް އަމުރުކުރުމާއި ނުބައިކަންތައް މަނާކުރުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސެއް ކަމަށެވެ. 

މިއީވެސް ޝައިޚް އަޙްމަދު ރިމާޒް ކުރައްވާފައިވާ ޓްވީޓެކެވެ. 

"އިސްލާމްދީނާއި މުސްލިމުންނާއި މެދު ނަފްރަތު ފެތުރުމުގެ ސަބަބުން މަޢުސޫމް ލޯބި ލޯބި މުސްލިމު ޢާއިލާއެއް މިވަނީ ޓެރަރިޒަމް ހަމަލާއެއްގެ ޝިކާރައަކަށްވެފައި ސެކިއުލަރ ފިކުރުގެ މީހުން ދަނީ ދިވެހިރާއްޖޭގައިވެސް މިބީދައިން އިސްލާމްދީނާއިމެދު ނަފްރަތު އުފައްދަމުން."

"މިފަދަ ޖަރީމާތަކުގެ ސަބަބުން މަޢުޞޫމް ދިވެހި މުސްލިމުންގެ ޖާނާއި މާލު މިވަނީ ނުރައްކަލަށް ހުށައެޅިފަ. އިސްލާމްދީނާއި މެދު ނަފްރަތު އުފެއްދުން ހުއްޓުވެންޖެހޭ!!" 

 

މިއަދު އޮންލައިން