ދިނީ ޢިލްމްވެރިން ސިފަކުރައްވާ ގޮތުގައި މަޖިލީހުން މިހާރު ކުރާ މަސައްކަތަކަކީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ތެރެއިން ޤާނޫނުތައް ސެކިޔުލާކޮށް ރާއްޖޭގައި ސެކިޔުލާ ނިޒާމްތައް ފެތުރުމެވެ. ދީނީ ޢިލްމްވެރިންގެ އަނގަ ބަންދުކޮށް ކަސްތޮޅު އެޅުވުމެވެ. ވީމާ އޮޅުވާލުމެއްގެ ތެރެއިން ޤާނޫނުތައް ސެކިޔުލާކުރަން ކުރާ މަސައްކަތަށް ޢިލްމުވެރިން ޙައްޤު ބަސްވިދާޅުވާނެއެވެ. "އުލުބޭންދިޔަސް" ނުހުއްޓުވޭނެއެވެ. އިން ޝާ ﷲ
"އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު މާއްދާތަކެއް ޤާނޫނު ޢުޤޫބާތަށް ގެންނާތީ އެކަމާ ރައްޔިތުން ނުރުހުން ފާޅުކުރުމުން އެކަން މައިތިރި ކުރުމުގެ ގޮތުން މިހާރުވެސް ޤާނޫނު ޢުޤޫބާތުގައި އޮތް ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށް އޮތް މާއްދާ އެއީ އައު އިޞްލާޙެއްގެ ގޮތަށް ހުށަހެޅުމަކީ ޙައްލެއް ނޫނެވެ.
ޙައްލަކީ، ޤާނޫނު ޢުޤޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެ މާއްދާތައް އެއްކޮށް އަނބުރާ ގެނައުން ނުވަތަ ދީނީ އަސްލުތަކާ ޚިލާފު ނުވާ ގޮތަށް އެ މާއްދާތައް ޢިބާރާތްކޮށް އަލުން ހުށަހެޅުމެވެ.": ޝައިޚް މުޙައްމަދު ޝާފިޢު
"ދީނާ ޚިލާފުވާ މީހުން، ފާޅުގައި ޤުރްއާނާއި ސުންނަތާ ދެކޮޅަށް، ދައްކާ ވާހަކަތަކުގެ ޙަޤީޤަތް ބަޔާންކޮށްދިނުމަކީ ދީނީ ޢިލްމުވެރިންގެ ޒިންމާއެކެވެ. އެ ޒިންމާއަށް ހުރަސް އެޅުކަމީ ޤައުމު ސެކިއުލާރ ކުރުމެވެ." ޝައިޚް ޙަސަން މޫސާ ފިކުރީ