ދެފާރު ދޭތެރޭގައި ތާށިވި 4 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 32ސ
ދެފާރު ދޭތެރޭގައި ތާށިވި 4 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފި

ށ. ނަރުދޫގައި ދެ ފާރެއްގެ ދޭތެރެއަށް ވަދެ ތާށިވި 4 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްފިއެވެ.

މައުޫީމާތުލިބިފައިވާގޮތުގައި މިކުއްޖާ ތާށިވީ މިއަދު ތިން ކުއްޖަކު ކުޅެން އުޅުމުގެ ތެރޭގައި ދެ ފާރެއްގެ ދޭތެރެއަށް އެ ކުދިން ވަނުމުގެ ސަބަބުންނެވެ. ނަމަވެސް ދެ ކުދިން ތާށިނުވެ ސަލާމައތްވިއިރު އެއްކުއްޖަކު ނުނިކުމެވި ތާށިވީއެވެ. 

މިކުއްޖާ ސަލާމަތްކޮށްފައިވަނީ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެތަނުން އެއްފާރުން ބާގަނޑަކަށް ވާގިތަށށް ފާރު ތަޅާލައިގެންނެވެ. 

މިއަދު މެންދުރުފަހު 1:10 ހާއިރު ހިނގި މިހާދިސާގައި ތާށިވިކުއްޖާއަށް އެއްވެސް ގެއްލުމެއް ނުވެއެވެ.

 

މިއަދު އޮންލައިން