ކެންސަރާ ފުއްޕާމޭ ދުރުކޮށްދޭ، މެއިން ވިހަ ފިލުވައި ދުޅަހެޔޮކޮށްދޭ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބުއިމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކެންސަރާ ފުއްޕާމޭ ދުރުކޮށްދޭ، މެއިން ވިހަ ފިލުވައި ދުޅަހެޔޮކޮށްދޭ ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބުއިމެއް!

ކެއުމަށް އައިސްފައިވާ ނުރަނގަޅު ބަދަލުތަކާއި ދުންފަތުގެ އިސްތިޢްމާލްކުރުން ގިނަވެފައިވުމަކީ ފުއްޕާމޭގައި ތަފާތު ވިހަތައް ހަރުލައި މެއިގެ ބަލިތައް އިތުރުވާ ބައެއް ސަބަބުތަކެވެ. މިކަންކަމުގެ ސަބަބުން ކެންސަރު ޖެހުންވެސް ދަނީ އިތުރުވަމުންނެވެ. 

އެހެންކަމުން މިބުނެދެނީ ކެސަރުޖެހުމާއި މޭ ދުރުކޮށްދޭ އަދި މޭގައި ހަރުލާފައި ހުންނަ ވިހަ ފިލުވައި ފުއްޕާމެއަށް ދުޅަހެޔޮކަން ގެނެސްދޭ، ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ. 

ބޭނުންވާތަކެތި: 

- ހެޔޮވަރުގެ 3 ކެރެޓް

- ބައިޖޯޑު ލުނބޯހުތް

- 3 ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް: 

ފުރަތަމަ އެއީ އޯގަނިކް ކެރެޓް ނޫންނަމަ ރަނގަޅަށް ކެރެޓް މަށައި ކޮށައިލާށެވެ. 1 ލިޓަރު ފެނިގައި 5 މިނިޓްވަންދެން ކައްކައިލާށެވެ. ކެއްކުމަށްފަހު އެތަނުން ކުޑަފެންފޮދެއް އަޅައި މިކްސަރަކުން ކެރެޓްތައް ހިމުންކޮށްލުމަށްފަހު ތަށްޓަކަށް އަޅާށެވެ. 

3 ސަމުސާ އަޞްލު މާމުއި އަދި ބައިޖޯޑު ލުބޯހުތް އަޅައިއެއްކޮށްލުމަށްފަހު ފްރިޖްގައި ބަހައްޓައިގެން ދުވާލަކު މޭޒުމަތީ ސަމުސަލުގެ 5 ސަމުސާ ބޭނުންކުރާށެވެ.  

ފުއްޕާމޭގައި ހަރުލާފައި ހުންނަ ވިހަތައް ފިލުވައިދޭނެއެވެ. މެއަށް ދުޅަހެޔޮކަންވެސް ގެނެސްދޭނެއެވެ. އަދި ކެންސަރުޖެހުމާއިވެސް ދުރުކޮށްދޭނެއެވެ. އިން ޝާ ﷲ 

މައުލޫމާތު: ޑިމިކް ޞިއްޙީ ތަޖުރިބާ

މިއަދު އޮންލައިން