އިސްލާމް ދީނާއިމެދު ޙައްޤު ބަސް ބުނަން ހުރަސް އެޅޭނެ ގޮތަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ބައެއް ކަންކަމަށް އެމްޑީޕީއަށް ނިޞްބަތްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ގިނަ ކަންބޮޑުވުންތަކެއް ފައުޅުކުރައްވައިފިއެވެ.
އެކަންކަމުގެ ތެރޭގައި:
1- އިސްލާމް ދީނުގެ ދިފާޢުގައި ޙައްޤު ބަސް ބުނަން ހުރަސް އެޅުން
2- ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރިނަމަވެސް އެކަމުގެ ވާހަކަ ދެއްކުމުގެ ފުރުޞަތު ގެއްލުން
3- އެމްޑީޕީގެ ދީނީ ކޮމިޓީގައި މެންބަރަކު ނެތި އޮންނަތާ 5 އަހަރުވެފައިވުން
4- ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލުން
5- ބިލްގެ ސަބަބުން ދީނަސް ގެއްލުންވާނެކަން ފާހަގަކުރުން ފަދަ ކަންކަން ހިމެނެއެވެ.
ސަނީފް ދައްކަވާފައިވަނީ ބިލާއިމެދު ރާއްޖޭގެ ދީނީޢިލްމުވެރިންވެސް ކަންބޮޑުވުން ފައުޅުކުރައްވައި ދެއްކެވިފަދަ ވާހަކަފުޅުތަކެވެ. ހިތާމަ އާއިއެކު ފާހަގަކުރަންޖެހެނީ ސަނީފް ވާހަކަ ދައްކަވަމުން ގެންދެވިއިރު އެކަމަށް ހުރަސް އަޅަން އެމްޑީޕީގެ މެންބަރުން ނިޒާމީ ނުކުތާ ނަގައި ހުރަސް އަލަމުން ގެންދިއަކަމެވެ. އެކަމުން އެނގެން ދިއައީ މެންބަރުންނަށް ފެންނަ ގޮތަށް އިސްލާމް ދީނުގެ ދިފާޢުގައި ޙައްޤު ބަސް ބުނަން މެންބަރުންނަށްވެސް ހުރަސްތައް މިހާރުވެސް ހުރިވަރެވެ.
ގުޅުންހުރި ވީޑިއޯ: