ޖިންނިއަކާ ކައިވެނިކޮށްގެން އިންސާނުންގެ ތެރެއިން އަންހެނަކަށް ދަރިން ލިބިދާނެތަ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޖިންނިއަކާ ކައިވެނިކޮށްގެން އިންސާނުންގެ ތެރެއިން އަންހެނަކަށް ދަރިން ލިބިދާނެތަ؟

ޖިންނިންނާއި ކައިވެނިކޮށްގެން އިންސާނުންގެ ތެރެއިން އަންހެނުންނަށް ދަރިން ލިބުމުގެ ވާހަކައަކީ އަޑުއިވޭ ވާހަކައެކެވެ. އެއްބައަކު އެކަން ޤަބޫލުކުރެއެވެ. އަނެއް ބައަކު އެކަން ޤަބޫލެއް ނުކުރެއެވެ. 

މިކަމާއި ގުޅިގެން ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު ވިދާޅުވީ މިފަދައިންނެވެ. 

ޖިންނީންގެ ފުށުން އިންސާނުންގެ ތެރެއިން އަންހެނުންނަށް ދަރިން ލިބުމަކީ ހިނގަމުންދާ ކަމެއްކަމަށް މުސްލިމުންގެ އެންމެ ބޮޑު އިމާމް، އިބްން ތައިމިއްޔާ ވަނީ ފަތުވާ ދެއްވަވައިފައެވެ. ވީމާ އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. 

ރާއްޖޭގައިވެސް ވަރަށް މަދުން ނަމަވެސް އެފަދަ ކަންކަން މެދުވެރިވެފައި އެބަހުއްޓެވެ. ޖިންނީން ޖިމާޢުވުމުން އަންހެނަކު ބަލިވެ އިންދެ ބަނޑު ފުފިދާނެއެވެ. ނަމަވެސް ދާދި އަވަހަށް ބަނޑު ތިރިވެގެން ހިނގައިދާނެއެވެ. އެއީ ވިހަނީ އެވެ. 

ބަލިވެ އިނުމުގެ މަރުޙަލާތައްވެސް އަދި ވިހެއުންވެސް މުޅިން ތަފާތުވާނެއެވެ. އެވިހަނީ ރޫޙާނީ ކުއްޖެކެވެ. ވީމާ ވިހެއުމާއިއެކު ގެއްލޭނެއެވެ. އެކުއްޖަކު ބޭނުންނަމަ ބޭނުން ސިފައެއްގައި ފަހުން މަންމައަށް ފެނެވިދާނެއެވެ. ރާއްޖޭގައި ހިނގާފައިވާ ކަމަށް ބުނާ އެފަދަ ޙާދިސާތައްވެސް ހިނގާފައިވަނީ އެފަދަ ގޮތަކަށެވެ. 

ޖިންނިންނަށް ﷲ ތައާލާ ވަނީ ސިފަ ބަދަލުކުރުމުގެ ބާރު ދެއްވަވައިފައެވެ. ވީމާ އަންހެން ޖިންނިންނަށްވެސް ފިރިހެން ޖިންނިންނަށްވެސް އެ ޖިންނި ބޭނުންވާ ސިފައެއްގައި އިންސާނުންނަށް ފެނެވިދާނެއެވެ. އެކުގައި އުޅެ ކަންކަން ވެސް ކުރެވިދާނެއެވެ.  

ނަމަވެސް އެއްވެސް ޖިންނިއަކަށް އިންސާނާއަށް ފެނުނު ސިފައިން އެހެން ސިފައަކަށް ބަދަލުވެވޭނީ ތަނަކާއި ނިވާވެފައެވެ. އިންސާނާ ބަލަހައްޓައިގެން ހުއްޓައެއް ސިފަ ބަދަލެއް ނުކުރެވޭނެއެވެ. 

މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

މިއަދު އޮންލައިން