ބޭނުންވާ ތަކެތި:
1 ލުނބޯ
2 ސމުސާ އޮރިޖިނަލް ކޮފީ
2 ސަމުސާ މުގުރި ފޮނިތޮށި
ތައްޔާރުކުރާނެ ގޮތް:
ލުނބޯ ތުނިކޮށް ކޮށައިލާށެވެ!
ރަނގަޅަށް ފުރާ 2 ޖޯޑު ފެނު ޕޭނަކަށް އަޅައި އެއިގެ ތެރެއަށް ލުނބޯ ފޮތިތަށް އަޅައިލާށެވެ.
އެއިގެ ތެރެއަށް ސައިސަމުސާ 2 ސަމުސާ އޮރިޖިނަލްކޮފީ އާއި 2 ސަމުސާ މުގުރި ފޮނިތޮށި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ދެން 10 މިނިޓް ވަންދެން މަޑުގިނީގައި ކެއްކުމަށްފަހު ކޮންޓޭނަރަކަށް (ފުޅިއެއް ފަދަ) ފުރާނާލާފައި ފްރިޖްގައި ބަހައްޓައިގެން ކޮންމެ ދުވަހަކުވެސް ހެނދުނު ސައިބުއިމުގެ ބައިގަޑިއިރު ކުރިން 1 ޖޯޑު ބޯށެވެ. (ގިނަވެގެން ތައްޔާރުކުރަންވާނީ 2 ދުވަހަށްވާވަރަށެވެ!)
10 ވަރަކަށް ދުވަސްތެރޭ އެނގުންވާންފަށާނެއެވެ. ޚާއްޞަކޮށް ބަނޑު ހިނދެން ފަށާނެއެވެ. އިން ޝާ ﷲ
- ފަޒީގެ ތަޖުރިބާއިން