ސަރުކާރުގެފަރާތުން މަޖިލީހަށް މެންބަރު ހިސާން ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި "ރައީސް ޞާލިޙްވެސް މިފަހަރު ވާނީ "ޗޫޒްކުރައްވަން؟" ކަމަށްބުނާ މެސެޖުތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުކުރަމުންނެވެ.
މިމެސެޖާއި ގުޅިގެން ގިނަބައަކު އުފައްދާ ސުވާލަކީ މެސެޖުގައި އެބުނަނީ ރައީސް ޞާލިޙަށް މިފަހަރު އިސްލާމް ދީން ނުވަތަ ސެކިޔުލަރިޒަމް (އެއްވެސް ކަލަކު ޤަބޫލުނުކުރުން) އިޚްތިޔާރުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ހެއްޔެވެ؟
ނުވަތަ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ދެއްވުމާއި ނުދެއްވުމާއިމެދު ގޮތެއް ނިންމަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ހެއްޔެވެ؟
ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި މިބިލަކީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތު ދިނުމާއިމެދު "ވަކަރަށް ޖަހާލަން" ހުށަހަޅާފައިވާ ބިލެކެވެ.
އެފަދަ ކަމެއް "ވަކަރަށް ޖަހާލަން" ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ވަނީ މަސައްކަތްކޮށްފައެވެ. އެފަހަރު ކުރިކަމަކީ ސިޓީ ހޮޓާތަކުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރާ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން ޢާންމުކުރުމެވެ.
ރައްޔިތުން ނުކުމެ ވަނީ އެކަން ފޭލިކޮށްލައިފައެވެ. މިފަހަރުގެ ކަންތައް ނިމިގެންދާނެ ގޮތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.