އަންހެނަކު ކުރެންދޫ ފަޅުތެރެއަށް ވަދެ އުޅުނު ބޮޑުކަންނެއްޔެއް ހުސްއަތާ ހިފައިފިއެވެ. އަންހެނުން ކެޔޮޅުކަންކުރެއެވެ. މަހަށްވެސް އަދި ފަރުމަސްބާނަންވެސް ގޮސްއުޅެއެވެ. ނަމަވެސް ފޮޓޯއިން ފެންނަވަރުގެ ބޮޑު ކަންނެއްޔެއް ހުސްއަތާ ހިފުމަކީ އާދައިގެ ކަމަކަށް ނުވާނެކަން ފާހަގަކުރެވެއެވެ.
އޭނާގެ ދަރިފުޅު ކުރި ޓްވީޓުގައި ބުނެފައިވެއެވެ."
"އަޅުގަނޑުގެ މަންމައަކީ ކުޅަދާނަ އަދި އެހާމެ ފިސާރި އަންހެނެކެވެ. ކުރެންދޫގެ ފުއްޓަރު ފަރާތް މޫދު ކައިރިން ބޮޑު ކަންޏެއްޔެއް އެހިފާލީ ހާސްކަމެއް ނެތި އިތުރު މީހަކުގެ އެހީއާވެސް ނުލައެވެ. އަޅުގަނޑަށް އިނގޭހާވެސް އެއްކަމަކީ ކެޔޮޅުންގެ ދަރިން އަބަދުވެސް ތަފާތު ވާނެ ކަމެވެ."
އަޅުގަަނޑުގެ މަންމައަކީ ކުޅަދާނަ އަދި އެހާމެ ފިސާރި އަންހެނެކެވެ. ކުރެންދޫގެ ފުއްޓަރު ފަރާތް މޫދު ކައިރިން ބޮޑު ކަންޏެއްޔެއް އެހިފާލީ ހާސްކަމެއް ނެތި އިތުރު މީހަކުގެ އެހީއާވެސް ނުލައެވެ.
— Mohamed Shaan Abdulla (@kudey_a) June 19, 2021
އަޅުގަނޑަށް އިނގޭހާވެސް އެއްކަމަކީ ކެޔޮޅުންގެ ދަރިން އަބަދުވެސް ތަފާތު ވާނެ ކަމެވެ. pic.twitter.com/oo3cMDzjlU