ދެމަފިރިންގެ ގުޅުމަށް އެންމެ މުހިންމު އެއްކަމަކީ ރަނގަޅު ގޮތުގައި އެއްދާން ކުރުމެވެ. އެކަމަށް ކަންނެތްވުމަކީވެސް ބަލިކަށިވުމަކީވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް އިތުރުވާކަމެކެވެ. ވީމާ މި ގެނެސްދެނީ އެކަމަށް ފަރުވާ ހޯދަން ބޭނުންކުރެވިދާނެ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ބުއިމެކެވެ.

ބޭނުންވާތަކެތި:
3 ލޮނުމިދު
ނެސްކެފޭ 3 އިން 1 ޕެކެޓެއް
އަސްލު މާމުއިކޮޅެއް
ކުޑަކިރުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ފުރުތަމަ ލޮނުމިދު މަށާލައި ގާނައިލާށެވެ.
ލޮނުމިދާއި ނެސްކެފޭ 3 އިން 1 ޕެކެޓާއި ބޮޑު 2 ސަމުސަލެއްހައި މާމުއި ރަނގަޅަށް އެއްކޮށްލާށެވެ.
ޖޯޑެއްގެ އެއްބައިހައި ދިޔާކިރުގެ ތެރެއަށް އަޅައި އެއްކޮށްލައި ނިދުމުގެ ކުޑައިރުކޮޅެއް ކުރިން ބޯލާށެވެ. ދާދި އަވަހަށް ބަދަލު ފެންނަން ފަސާނެއެވެ އިން ޝާ ﷲ
ހަރުދަނާ މުޖުތަމައުއެއް ބިނާކުރެވޭނީ ދެމަފިރިންގެ ގުޅުން ހުރިހާ ގޮތަކުންވެސް ބަދަހިކުރެވި ވަރި މަދުކުރެވިގެންނެވެ. އެކަމަށްޓަކައި ފުރިހަމަ ޞިއްޙަތެއް ބޭނުންވެއެވެ.
- ފަޒީގެ ތަޖުރިބާއިން